logo
MPL

MPL

ޚަބަރު

ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް!

އައިޝަތު ނަޝާއައިޝަތު ނަޝާ
22 ޖެނުއަރީ 2026 - 08:02
 ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް!

މިއަހަރުގެ ރޯދަމަހު ރޯދަ މަހު ސުކޫލުތަކުގައި ކިޔަވައިދޭނީ ހަފުތާއަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އިއްޔެ ވަނީ ދިރާސީ އާ އަހަރުގެ ކަލަންޑަރު އާންމުކޮށްފައެވެ. އެ ކަލަންޑަރުގައި ވަނީ ސުކޫލުތަކުގައި ކިޔަވާނެ ދުވަސްތަކާއި ބަންދު ދުވަސްތަކާއި މުހިންމު ދުވަސްތައް ފާހަގަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

1 މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ދަރިވަރުންގެ ކިޔެވުން އަންނަ އަންގާރައިގައި ފަށާނެއެވެ. އެއަށް ފަހު، ކިޔެވުން ކުރިއަށް ދާނީ 14 ދުވަހުގެ ނިޔަލަށެވެ.

ރޯދަ މަހު ކިޔަވައިދޭނީ 22 އިން 26ގެ ނިޔަލަށް ހަފުތާއަކަށް އެކަންޏެވެ. ހަފުތާ ބަންދަށް ފަހު، އަންނަ މާރިޗު އެކަކުން އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (ޕީޑީ) ދުވަސްތަކެވެ.

އެއަށް ފަހު، މާރިޗު ނުވައަކުން 19ގެ ނިޔަލަށް ވަނީ ރޯދައިގެ ފަހު ދިހައަކަށެވެ. އެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ، ސުކޫލުތައް ހުޅުވޭނީ މާރިޗު 23 ގައެވެ.

އެހެންކަމުން، ދަރިވަރުންނަށް ރޯދަ މަހު 26 ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭޚަބަރު | 25 ދުވަސް ކުރިންގާތްގަނޑަކަށް ފަސްހާސް ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުފަށައިފިޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | 3 މަސް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 6 މަސް ކުރިން