logo
Bank of Maldives

Bank of Maldives

ޚަބަރު

ވަރލްޑް ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބުރައީސް ދޯހާއަށް

އިސްމާޢިލް ރާތިޢު
4 ނޮވެމްބަރު 2025 - 04:14
ވަރލްޑް ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބުރައީސް ދޯހާއަށް

ޤަތަރުގެ ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ، "ސެކަންޑް ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް" ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރޭ ފުރާވަޑައިގެންފިއެވެ.

މި ސަމިޓްގައި ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިސްވެރިން ބައިވެރިވެވަޑައިގެން އިޖުތިމާޢީ ތަރައްޤީ ކުރިއެރުވުމާއި، ފަޤީރުކަން ނައްތާލުމާއި، ވަޒީފާގެ ބާޒާރު ހަރުދަނާކުރުމާއި ޝާމިލް މުޖްތަމަޢެއް ބިނާކުރުމާބެހޭގޮތުން މަތީފެންވަރުގެ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މި މަޝްވަރާތައް ކުރިއަށްދާނީ 2030 ވަނަ އަހަރާ ހަމަޔަށް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅުވައިގެންކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދީފައި ވެއެވެ.

އދ.ގެ އާންމު މަޖިލީހުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 4 ން 6 ށް ޤަތަރުގެ ދޯހާގައެވެ. އެންމެފަހުން ބޭއްވި ވަރލްޑް ސަމިޓް ފޯރ ސޯޝަލް ޑިވެލޮޕްމަންޓް ބާއްވާފައިވަނީ 1995ވަނަ އަހަރު ޑެންމާރކުގެ ކޯޕަންހޭގަންގައެވެ.

މި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެން، ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޭނުން ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ވެރިންތަކެއް: ނައިބު ރައީސްޚަބަރު | 15 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެފްއޭއެމް ވިމެންސް ލީގް 2025ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިކުޅިވަރު | މަހެއް ކުރިންދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން ކަމުގައި ނައިބުރައީސް ވިދާޅުވެއްޖެޚަބަރު | 2 މަސް ކުރިންދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއް: ނައިބުރައީސްޚަބަރު | 2 މަސް ކުރިން