logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަލުން މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށަނީ

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 06:04
އަލުން މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް ފަށަނީ

ބަންގްލަދޭޝްގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހާލަތު ގޯސްވެ މެދުކަނޑާލި މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ. މޯލްޑިވިއަނުން ވަނީ ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް ހޯދަން އިޢުލާންކޮށްފައެވެ.

މޯލްޑިވިއަނުން ވަނީ ބަންގްލަދޭޝްގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓަކަށް ވާންބޭނުންވާ ފަރާތްތަކުން މިމަހުގެ 6 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި އެކުންފުންޏަށް ހުށައެޅޭނެކަމަށް ބުނެފައެވެ.

ބަންގްލަދޭޝްއަށް މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ އެޤައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ހާލަތު ގޯސްވުމުން މިދިޔަ އަހަރުގެ އޯގަސްޓުމަހުން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ބަންގްލަދޭޝްއަކީ މޯލްޑިވިއަނުން ދަތުރުކުރަމުންދާ ބައިނަލްއަޤްވާމީ މަންޒިލްތަކުގެ ތެރެއިން މަންޒިލެކެވެ. އެގޮތުން ދަތުރުތައް މެދުކަނޑާލުމުގެ ކުރިން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް އައީ ބާއްވަމުންނެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަނީ އިންޑިއާ އަދި ޗައިނާއަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ފަހަރަށް އައްޑޫން ސައުދީގެ ޖިއްދާ އަށް ބާއްވާ ފްލައިޓު މިރޭ ފަތިހު ފުރަނީޚަބަރު | 7 ގަޑިއިރު ކުރިންސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިނުން 2,000 އަށްވުރެ ގިނަ ދަތުރުކުރަނީޚަބަރު | 12 ދުވަސް ކުރިންރާއްޖެއާއި އޮސްޓްރޭލިއާއާއި ދެމެދު ސީދާ ދަތުރުތައް ފަށައިފިޚަބަރު | 2 މަސް ކުރިންގައުމީ އެއަރލައިންގެ އަމާޒަކީ އަހަރަކު 11000 ފަތުރުވެރިން އޮސްޓްރޭލިއާ އިން ގެނައުންޚަބަރު | 2 މަސް ކުރިން