logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށް

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 11:08
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު
މަސްވެރިންތަކެއް މަސްކިރުވުމަށް ތައްޔާރުވަނީ -- ފޮޓޯ: މިހާރު

މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހެޅުމާއި ލައިސަންސް އާކުރުމުގެ އިންތިޒާމް، ފިޝަރީޒް މިނިސްޓްރީން ދޭ ޚިދުމަތްތައް ޑިޖިޓައިޒް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، 'ކެޔޮޅު' ވެބް-ޕޯޓަލް (keyolhu.mv) މެދުވެރިކޮށް ހަމަޖައްސައިފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ މިކަމުގެ ސަބަބުން މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސާ ގުޅޭ ކަންކަން ހަމަޖެއްސުމަށް ފަސޭހަވެ، ޚިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިންތިޒާމުގެ ދަށުން، މިނިސްޓްރީން އާންމުކޮށް އިއުލާނުކުރައްވާފައިވާ ގޮތުގައި، ނޮވެންބަރު 4 ވަނަ ދުވަހުން ފެށިގެން އަލަށް މަސްވެރިކަމުގެ ލައިސަންސަށް ހުށަހަޅާ ފޯމު ބަލައިގަންނާނީ 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ލައިސަންސް އާކުރުމަށް ހުށަހަޅާ ފޯމު، ނޮވެންބަރު 23 ވަނަ ދުވަހުން ފެށިގެން ބަލައިގަންނާނީވެސް ހަމަ މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 'ކެޔޮޅު' ޕޯޓަލްއަށް ލޮގްއިން ވެވޭނީ އެފަރާތެއްގެ އީފާސް އެކައުންޓް މެދުވެރިކޮށެވެ.

'ކެޔޮޅު' ޕޯޓަލް އަކީ މިހާރުވެސް މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމުގެ ލައިސަންސަށް އެދި ހުށަހެޅުމަށާއި، ކުންފުނިތަކުން ގަންނަ މަހުގެ ތަފްޞީލު ގަވާއިދުން މިނިސްޓްރީއަށް ފޮނުވުމަށް، އަދި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކެޗް ސެޓްފިކެޓް ދޫކުރުމަށް މިނިސްޓްރީން ބޭނުންކުރަމުންދާ ވަޞީލަތެކެވެ. މަސްވެރިކަމުގެ ލައިސަންސްގެ ކަންކަންވެސް މި ޕޯޓަލްއާ ގުޅުވުމަކީ މަސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތައް އިތުރަށް މަރުކަޒުކޮށް، ފަސޭހަކޮށް، ޒަމާނީ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވުޒާރާއިން ފާހަގަކުރެއެވެ.

މި ޕޯޓަލް މެދުވެރިކޮށް އަލަށް ލައިސަންސަށް އެދި ހުށަހެޅުމުގައި އަދި ލައިސަންސް އާ ކުރުމަށް ހުށަހެޅުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑް މި ވުޒާރާގެ ވެބްސައިޓްގައި ވަނީ ޝާއިޢު ކޮށްފައެވެ. މިގޮތުން، ކަށިމިޔަރު މަސްވެރިކަމުގެ ލައިސަންސަށް އެދި ހުށަހަޅާ ފޯމްވެސް ވުޒާރާއިން ބަލައިގަންނާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށްޚަބަރު | 7 ގަޑިއިރު ކުރިންލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 4 ދުވަސް ކުރިންމިހާތަނަށް 14 މަސްވެރިއަކަށް ލޯނު ދޫކޮށްފިޚަބަރު | 4 މަސް ކުރިންނިމުނު ހަފްތާގައި މަސްވެރިންނަށް 11.6 މިލިޔަން ރުފިޔާ ދޫކުރި ޚަބަރު | 4 މަސް ކުރިން