logo
Bank of Maldives

Bank of Maldives

ޚަބަރު

ނިމުނު ހަފްތާގައި މަސްވެރިންނަށް 11.6 މިލިޔަން ރުފިޔާ ދޫކުރި

ޝަހްޒާ މުހައްމަދު
22 ޖޫން 2025 - 05:08
ނިމުނު ހަފްތާގައި މަސްވެރިންނަށް  11.6 މިލިޔަން ރުފިޔާ ދޫކުރި

މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ އިތުރުވެއްޖެއެވެ.

މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފްތާގައި 192 ދޯންޏަކަށް ޖުމްލަ 11.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފްކޯއިން ހާމަކުރި މަޢުލޫމާތުން އެނގޭގޮތުގައި މިއީ ޖޫން މަހުގެ ދެވަނަ ހަފްތާގައި ދޫކުރި 8.3 މިލިއަން ރުފިޔާއާ އަޅާބަލާއިރު 39.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހު ކަމަށްވާއިރު، އެދުވަހު 40 ދޯންޏަކަށް 3.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ނަމަވެސް، މިއަދަދަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާގައި 165 ދޯންޏަކަށް ދޫކުރި 16.7 މިލިއަން ރުފިޔާއަށްވުރެ ދަށް އަދަދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި މިހާރުދަނީ ފައިސާ ދޫކުރަމުންނެވެ. މިކަމާއި ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.

މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އެފަރާތްތަކަށް އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި މި ސިނާޢަތަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ހައްލު ހޯދައިދިނުމަށް މަސްވެރިކަމުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިކަމުގެ ލައިސަންސަށް އެދުމުގެ ޚިދުމަތް 'ކެޔޮޅު' ޕޯޓަލް މެދުވެރިކޮށްޚަބަރު | 5 ގަޑިއިރު ކުރިންލައިސަންސެއް ނަގައިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތަށް ހަދައިފިޚަބަރު | 4 ދުވަސް ކުރިންމާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 14 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 14 ދުވަސް ކުރިން