logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމީދޫ - ހިތަދޫ ގުޅާލައި ބުރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 10:29
ހުޅުމީދޫ - ހިތަދޫ ގުޅާލައި ބުރިޖުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ބުރިޖަކީވެސް ވެވަޑައިގެންނެވި ވަޢުދެއް ކަމަށާއި، މިހާރު އެވަނީ އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާއި ޙަވާލުކުރެވިފައިކަމަށާއި، އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅުކަމަށްވާ، ފުވައްމުލައް ސިޓީއާއި އައްޑޫއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އައްޑޫގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫއަށް ވަޑައިގެން، އެ ދެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅެއް އެހެން ތަނަކަށް ބަދަލުނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ހަމަސްދުވަހުގެ ތެރޭގައި ބުރިޖުގެ މަސައްކަތުގެ ހުރިހާ ކުރެހުންތަކާއި ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި ސަރުކާރަށް ހުށައަޅަން ޙަވާލުކުރެވިފައިވަނީ އެއް މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި މަސައްކަތް ޙަވާލުކުރެވުނު ޗައިނާގެ މި ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް އެންމެ ރަނގަޅަށް މިފަދަ މަސައްކަތްތައް ކުރާ އެއް ކުންފުނިކަން ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުންޏާއި ޙަވާލުކުރެވުނީ، ސަރުކާރުން ދިން ތިން އޮޕްޝަނަށް ބުރިޖުގެ ޑިޒައިނާއި އޭގެ ފީޒިބިލިޓީތަކާއެކު ކޮންޓްރެކްޓަރަކާ މަސައްކަތް ޙަވާލުކުރާއިރު ބޭނުންވާނެ ފެންވަރަށް ހުރިހާ ކަމެއް ފުރިހަމަކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ މަހު މި މަސައްކަތް ފަށާފައިވާއިރު، މަސައްކަތް ނިންމައި އަންނަ އަހަރުގެ މާޗް-އެޕްރީލާއި ހިސާބަށްދާއިރު ސަރުކާރަށް މި ލިޔުންތައް ހުށައަޅާނެ ކަމަށާއި، އެ ލިޔުންތައް ލިބުމުން އެއް ޑިޒައިނެއް އިޚުތިޔާރުކޮށް އެގްރީމަންޓް ހަދައި، އިރާދަކުރެއްވިއްވާ މިއަންނަ އަހަރުގެ ތެރޭގައި މި ބުރިޖުގެ މަސައްކަތް ފެށުމަކީ އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ޢަމަލީގޮތުން ފަށާފައިވާ ޒަމާނީ ތަރައްޤީގެ ބައެއް މުހިންމު މަޝްރޫޢުތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މަގުހެދުމާއި ކުނި މެނޭޖުކުރުމުގެ ބޮޑު މައްސަލައަށް ޙައްލެއް ގެނައުމާއި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ބޭންކިންގ ޚިދުމަތް ދެރަށުގައިވެސް އެއްވަރަކަށް ގާއިމުކުރުމަށް، ގޮފިތައް ގާއިމުކުރުމާއި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް ހުޅުވީވެސް ހަމަހަމަކަމާއެކީގައި ހުޅުދޫއާއި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތާއި ތަރައްޤީ ގެނެސްދިނުމުގައި، އެ ބޭނުންފުޅުގައި، އެ އަޒުމުގައި، އެ ނިޔަތުގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ފެށުމެއް ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ދުވަސްތަކުގައި މިފަދަ އެތައްކަމެއް މި ދެރަށުގެ ތަރައްޤީއަށް ކޮށްދިނުމަކީ އެ މަނިކުފާނުގެ އުފާފުޅަކަށް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ހުޅުދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އައްޑޫ ހުޅުދޫ އައްޑޫ މީދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތާއި ސ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފަށް އަސްކަަރީ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފިޚަބަރު | 38 މިނިޓު ކުރިންތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މި ޤައުމު ގުނާލެވޭނީ،ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން: ރައީސްޚަބަރު | 40 މިނިޓު ކުރިންޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސް އިފްތިތާޙުކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިންހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ތަރައްގީގެ ފެށުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން