logo
Bank of Maldives

Bank of Maldives

ޚަބަރު

ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މި ޤައުމު ގުނާލެވޭނީ،ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން: ރައީސް

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 13:17
ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މި ޤައުމު ގުނާލެވޭނީ،ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން: ރައީސް

2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެ ގުނާލެވޭނީ،މި ޤައުމުގައި ހުރިހާ ދާއިރާއަކުން ވެސް ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ގަން އެއަރ ސްޓޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

G4_o1sBbcAAwCGo.jpeg

Ad by Hajj Corporation

Ad by Hajj Corporation

އެއަރ ސްޓޭޝަން އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމުގެ އިޤުތިޞާދީ ވިލުންތެރިކަން އިތުރުކުރުމަށް ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުން މުހިންމު ކަމަށެވެ.އަދި ރާއްޖެއަށް އިންވެސްޓަރުންގެ ޝައުޤުވެރިކަން ލިބޭނީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެވޭނަމަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އަސްކަރީ ޤާބިލުކަން ޤާއިމުކުރެވޭ މިންވަރަކުން އިޤުތިޞާދުވެސް ކުރިއަރަމުންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ އެމްއެންޑިއެފްއަކީ ވަށާޖހިފައިވާ ހުރިހާ ގޮތަކުން ވެސް މިޒަމާނުގެ ޓެކްނޮލޮޖީ ލިބިފައިވާ ،ހުރިހާ މާނައެއްގައިވެސް މި ޤައުމު ހިމާޔަތްކޮށް ،ޤައުމު ދިފާއުކުރަން ޖެހޭ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް ،އެންމެ ކުރީ ސަފުގައި އެންމެ ވަރުގަދަ އަށް މަސައްކަތް ކުރެވޭނެވަރުގެ ކެޕޭސިޓީ ޤާއިމް ވެފައިވާ ފޯސް އަކަށް ހެދުމަކީ ،އަޅުގަނޑުމެން އިރާދަކުރެއްވިޔާ ކާމިޔާބު ކުރާނެ ކަމެއް"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލުވުމުގައި ވަރުގަދަ އަސްކަރިއްޔާއެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރަކީ އަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ގިނަ ކަންތައްތަކެއް ކުރެވޭ އަހަރަށްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ވައިގެ ބާރު ވަރުގަދަކުރުމުގެ ގޮތުން އަސްކަރީ މަތިންދާ ބޯޓު ހޯދުމާއި ސައިބަރ އެޓޭކުތަކުން ދިފާޢުވުމަށް ސައިބަރ ވާފެއަރއެއް ޤާއިމުކުރުމުގެ އިތުރުން ވަށައިޖެހޭ ދިފާޢީ ނިޒާމެއް ޤައުމީ ދިފާޢުގައި ބާރުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ވައިގެ ދެވަނަ މަރުކަޒެއް ށ. ފުނަދޫގައި ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލެ މަޝްރޫޢުގެ ދަށުން 182 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެޚަބަރު | 9 ގަޑިއިރު ކުރިންދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކުރުމުގެ ޢަޒުމު އައުކުރަންޖެހޭ: ރައީސް ޚަބަރު | 11 ގަޑިއިރު ކުރިންއެއް ވަގުތަކު 100 ތަނުގައި: ރައްޔިތުންނަށްޓަކައި ނުކޮށް ދޫކޮށްލާނެ އެއްވެސް ކަމެއްނެތްރިޕޯޓް | 14 ގަޑިއިރު ކުރިންމުޅި ރާއްޖޭގައި ޑުރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ރައީސް މުޢިއްޒު އަންގަވައިފި ޚަބަރު | ދުވަހެއް ކުރިން