logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކުރައްވައިފި

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 15:41
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކުރައްވައިފި

ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްޞީލް އެ ރިސޯޓްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި މިއަދު ހިއްސާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ވަޑައިގެންފައެވެ. އެ މަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ރިސޯޓްގެ އޯނަރުން އަދި މެނޭޖްމަންޓުން ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލް ހިއްސާކުރެއްވިއެވެ.

އޭގެ ތެރޭގައި ރިސޯޓްގެ ވޯޓަރ ވިލާތަކާއި،ރެސްޓޯރަންޓް ތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އަދި ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފައެވެ.

ޕްރެޒެންޓޭޝަނަށް ފަހު ރިސޯޓްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ޚާއްޞަ ޓުއަރ އެއް ދެއްވާފައެވެ. މި ޓުއަރ ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ. ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި 30 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ބިޔަ ޕްރޮޖެކްޓެއް ފަށަނީ ޚަބަރު | 36 މިނިޓު ކުރިން އައްޑޫ ކައުންސިލުން އެދުނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް!ޚަބަރު | ގަޑިއިރެއް ކުރިންއައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިން