logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ކައުންސިލުން އެދުނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް!

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 17:07
 އައްޑޫ ކައުންސިލުން އެދުނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް!

އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައި އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ސިޓީގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ވަނީ މަޝްވަރާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ހުރިހާ ކައުންސިލް މެމްބަރުން ވަނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ފާހަގަކުރައްވައި އެކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސިޓީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ގުޅައި ދިނުމާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމާއި އެ ޚިދުމަތް ދިނުމުގައި މިހާރު ރައްޔިތުންނަށް ދިމާވަމުންދާ މައްސަލަތައް ހައްލުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ފޭދޫގައި މިހާރު ތަރައްޤީ ކުރަމުން އަންނަ ޓޫރިޒަމް ޒޯނާއި، ހިއްކި ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަށް ވެސް ފެނާއި، ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގެ ބައެއް މަގުތައް ހަދާނިމުނުއިރު ބައެއް މަގުތަކުގައި ލައިޓް ނެތުމާއި، މަގުގެ ބައެއް ސަރަހައްދުގައި ފެންބޮޑުވާ މައްސަލަވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އައްޑޫގައި ހުންނަ އެސްޓީއޯގެ ފިހާރައިން މާލެއާއި އެއްއަގެއްގައި ހިލަ، ހިލަވެލި، ޕެޓްރޯލް އަދި ޑީސެލް ލިބޭނެގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ރަށްރަށުގެ އާބާދީގެ ނިސްބަތަށް ބަލާއިރު، ރަށްރަށުގައި ފުލުހުން ހަރަކާތެރިވާ މިންވަރު މަދުކަން ފާހަގަކުރައްވައި، ފުލުހުން ހަރަކާތްތެރިވާ އަދަދު އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގައި ކެތު ލެބް ޤާއިމްކުރެވިފައި ހުރިނަމަވެސް އެ ޚިދުމަތް ހޮސްޕިޓަލުން ނުލިބޭތީ އާސަންދައިން ގިނަ އަދަދެއްގެ ޕޭޝަންޓުން މާލެއަށް ޚިދުމަތް ހޯދަން ފޮނުވަންޖެހޭކަން ފާހަގަކުރައްވައި އެ ޚިދުމަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ވީހާވެސް އަވަހަށް ދޭންފެށުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުންވެސް ސިޓީގައި ހިމެނޭ ވަކި ވަކި ރަށްރަށް ތަމްސީލްކުރައްވާ ކައުންސިލް މެމްބަރުން ވަނީ އެރަށްރަށަށް ބޭނުންވާ ކަންކަން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ފްލެޓް އަޅައިދެއްވުމަށާއި، ލިންކްރޯޑް މަރާމާތުކޮށްދެއްވުމުގެ އިތުރުން ކޮންޓްރެކްޓް މުވައްޒަފުންގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ގަމުގެ އެއާޕޯޓަށް ބައިނަލްއަގުވާމީ އެކި މަންޒިލުތަކުން ފްލައިޓްތައް ގެނެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

ހުޅުދޫ އަދި މީދޫގައި މިހާރު ހިއްކާ ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހެކްޓަރުގެ ދެ ރަށުގެ ތެރެއިން އެއް ރަށުގެ ބަދަލުގައި އެދެ ރަށުގެ ރައްޔިތުން ބޭނުންކުރުމަށާއި ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ހައްދަވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫގައި 30 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ބިޔަ ޕްރޮޖެކްޓެއް ފަށަނީ ޚަބަރު | 2 ގަޑިއިރު ކުރިން އައްޑޫ ކައުންސިލުން އެދުނީ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވުމަށް!ޚަބަރު | 3 ގަޑިއިރު ކުރިންއައްޑޫ ސިޓީ މަރަދޫފޭދޫގައި ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިން