logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސް އިފްތިތާޙުކޮށްދެއްވައިފި

އައިޝަތު ނަޝާ
5 ނޮވެމްބަރު 2025 - 12:52
ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސް އިފްތިތާޙުކޮށްދެއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

ގަން އެއަރ ސްޓޭޝަންގެ ނަމުން ނަން ދެވިފައިވާ މި ވައިގެ މަރުކަޒު އިފްތިތާޙުކޮށްދެއްވީ އައްޑު އަތޮޅުގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ރައީސްގެ ޤަރާރެއް ނެރުއްވީ މިއަހަރުގެ ނަޞްރުގެ ދުވަސްކަމަށްވާ 3 ނޮވެންބަރުގައެވެ. މި ޤަރާރުގައި ދިވެހީންގެ ދީނާއި ދިވެހީންގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި ސިފައިންގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ސަރަޙައްދުގައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަންތައް ހިންގުމަށާއި، ރެޔާއި ދުވާލު ސައުވީސްގަޑިއިރު ހުއްޓުމެއްނެތި ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ދިފާޢުކޮށް ބެލެހެއްޓުމަށްވެސް އަމުރުކޮށްފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި އަސްކަރިއްޔާއާ މަތިކުރެވިފައިވާ ޒިންމާއާއި ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، އެ އެއަރ ސްޓޭޝަނުގެ ޚިދުމަތް ފެށުމަށްވެސް މި ޤަރާރުން ދިވެހި ސިފައިންގެ މައްޗަށް އަންގައި އަމުރުކޮށްފައިވެއެވެ.

މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. އަދި އަލަށް ހުޅުވި އެއަރ ސްޓޭޝަނާއެކު ރާއްޖޭގައި ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިއްބެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ފަލާހްޚަބަރު | 7 ގަޑިއިރު ކުރިންޑޮލަރުގެ އަގު ތިރިވަނީ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުން: ޝުޖާއުޚަބަރު | 17 ގަޑިއިރު ކުރިންނޭޕާލަށް އެހީވުމަށް ރާއްޖެއިން 1 މިލިއަން ރުފިޔާ ހަދިޔާކުރަން ރައީސް މުޢިއްޒު ނިންމައިފިޚަބަރު | 2 ދުވަސް ކުރިންމި އަހަރު އަލަށް މުވައްޒަފުން ނެގުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް: ރައީސްޚަބަރު | 2 ދުވަސް ކުރިން