logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ހުޅުދޫއާއި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 10:43
އައްޑޫ ހުޅުދޫއާއި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

އައްޑޫ ހުޅުދޫއާއި މީދޫގައި އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތްތައް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުދޫ އަދި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި މި ޚިދުމަތްތައް ފަށްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ގޮތުން އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމްކުރުމަކީ ރައީސްގެ ވަޢުދެކެވެ. އެ ވަޢުދު މިހާރު ފުއްދަވާފައިވާއިރު، ސަރުކާރުން މިހާރު ކުރިއަށްގެންދަނީ ވަކިވަކި ރަށްރަށުގައި އެ ޚިދުމަތް ޤާއިމްކުރުމުގެ މަސައްކަތެކެވެ.

ދިވެހި ރައްޔިތުންގެ މައުލޫމާތު އެއްކޮށް އައިޑީ ކާޑު ދޫކުރަން ފެށިތާ، މިހާތަނަށް 41 އަހަރުވެފަވާއިރު އޮންލައިންކޮށް ދެމުން އައި ޕާސްޕޯޓް ޚިދުމަތާއި އަދި އައިޑީކާޑު ޚިދުމަތް ހޯދުމުގައި އިތުރު ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދީ، ވީހާވެސް ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ނިންމެވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގައެވެ.

މުޅި ރާއްޖޭގައި މި ޚިދުމަތް ޤާއިމުކުރުމުގެ އިތުރުން ދިވެހިން އާންމުކޮށް ގޮސްއުޅޭ ބައެއް ޤައުމުތަކުގައިވެސް އައިޑީ ކާޑުގެ ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ. އެ ގޮތުން މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފަށް އަސްކަަރީ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ފަށައިފިޚަބަރު | 27 މިނިޓު ކުރިންތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި މި ޤައުމު ގުނާލެވޭނީ،ވަރުގަދަ މިލިޓަރީ ބާރެއް އޮވެގެން: ރައީސްޚަބަރު | 30 މިނިޓު ކުރިންޤައުމީ ދިފާޢީ ބާރުގެ ފުރަތަމަ އެއަރ ސްޓޭޝަން ރައީސް އިފްތިތާޙުކޮށްދެއްވައިފިޚަބަރު | ގަޑިއިރެއް ކުރިންހުޅުދު އާއި މީދޫ އިދާރީ ގޮތުން ވަކިކުރުމަކީ ތަރައްގީގެ ފެށުން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިން