logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް މައުމޫނާ ގުޅޭގޮތުން ފަތުރާ ދޮގުތަކަށް ޑީޑީ ރައްދު ދެއްވައިފި

އާމިނަތު ޝަފާ
5 ނޮވެމްބަރު 2025 - 12:37
ރައީސް މައުމޫނާ ގުޅޭގޮތުން ފަތުރާ ދޮގުތަކަށް ޑީޑީ ރައްދު ދެއްވައިފި

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާ ގުޅުވައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ދޮގު ވާހަކަތަކަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ނަޞްރުގެ ދުވަހު ބާޣީންގެ ކިބައިން ދިވެގި ގައުމު ސަލާމަތްކުރުމަށް އޭރު ރައީސްކަމުގެ މަގާމުގައި ހުންނަވައި ކޮށްދެއްވި ހިތްވަރުގަދަ މަސައްކަތްޕުޅު ފާހަގަކުރުމަށްޓަކައި ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ ވަނީ އަރުވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން އެމްޑީޕީނގެ އެކްޓިވިސްޓުން ސޯޝަލް މީޑިއާގައި އެމަނިކުފާނާ ގުޅިގެން  ދޮގު ވާހަކަތަކެއް ފަތުރަމުންދާއިރު މިވާހަކަތަކަށް ރައްދުދެއްވައި ދުވަހުގެ ގައުމީ ބަލަތުންގެ ތެރޭގައި ގުނާލެވޭ ޑީޑީ ވިދާޅުވީ 1988 ނޮވެމްބަރ 3 ގަ ސިފައިން ގެ މަރުކަޒު ތަމަޅައިން ގެ އަތްދަށަށް ނުގޮސް الله سبحانه وتعالى ގެ ރަޙްމަތްފުޅުން ސަލާމަތް ކުރެވުނީ ރައީސް މައުމޫނު ވެރިކަމާއި ޙަވާލް ވެވަޑއިގެން 1978ވަނަ އަހަރުން ފެށިގެން ދިވެހި ސިފައިންނަށް ހިލޭ ޓްރެނިންގް އާއި ހިލޭ ހަތިޔާރު އޭރުގެ ފެންވަރަހޯއްދަވައި ދެއްވުމުގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ.

"އަޅުގަނޑު މި އީ އެކަން އެއްމެގާތުން ދުއްމީހެއް. " ރިޓަޔާޑް އިބްރާހިމް ދީދީ


3 ނޮވެމްބަރ 1988 ގަ ރައީސް މައުމޫނުގެ އަރިހުގައި ފަތިހު 5 ޖެހީއްސުރެ 6 ޖަންދެން ހަތިޔާރާއި އެކުހުރި މީހެއްގެ ހައިސިއްޔަތުން ޑީޑީ ވިދާޅުވީ ރައީސް މައުމޫނު ކެނޑި ނޭޅި ފޯނުން މަސަތްކަތްޕުޅު ކުރެއްވީ ދިވެހި ސިފައިންނަށް އިރުޝާދު ދެއްވަވާ އަވަށްޓެރި އަދި ދުރު ޤަވްމުތަކުގެ ވެރިންނާއި ގުޅުއްވައިގެން އެހީތެރިކަން ހޯއްދެވުމަށް ހިތްވަރުފުޅާއި ޙިކްމަތް ތެރިކަމާއި އެކުގައިކަމަށެވެ.

ދޮންނަ މެޝިންފޮށިގަނޑެއްގެ ގެ ވާހަކަ އެއީ ދޮގު ބުހުތާން އެއްވެސް އަޞްލެއް ނެތް ވާހަކަ. ތީމުގެ އިން ފަތިހު އެބިރުވެރި ގަޑީގަ އޭރު ތުއްޕުޅު ދަރިކަލުން އަދި މިހާރުގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި އަނބިކަނބަލުން ނާއި އެކު ނުކުމެވަޑައިގަތީ ހިތްވަރުފުޅުގަދަވީމަ. " ރިޓަޔާޑް އިބްރާހިމް ދީދީ

އެއްވެސް ބޭފުޅަކާއި ބެހޭ ގޮތުން މިހާ ހައްސާސް ކަމެއްގަ އަޞްލެއް ނެތް ވާހަކަ ދެއްކުން އެއީ އެއްމެ ރަނގަޅުގޮތެއްނޫންކަން ޑީޑީ ފާހަގަކުރެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މައުމޫނާ ގުޅޭގޮތުން ފަތުރާ ދޮގުތަކަށް ޑީޑީ ރައްދު ދެއްވައިފި ޚަބަރު | މަހެއް ކުރިން