ނަޞްރުގެ ދުވަހަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު ވިދާ ބަބުޅާ ދުވަހެއް: ރައީސް މައުމޫން
3 ނޮވެމްބަރު 2026 - 11:45

ނަޞްރުގެ ދުވަހަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައި، ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވަނީ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
އެމަނިކުފާނު ވިދާޅުވީ، ނޮވެމްބަރު 3 އަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދާ ދުވަހެއް ކަމަށެވެ. އަދި މިއީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައިވާ ޙަޤީޤަތްތަކެއް ކަމަށްވެސް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫންގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދަށްޓަކައި ލެހެއްޓެވުން އެދި ދުޢާކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލާ، ޢަދާވަތްތެރިންގެ މައްޗަށް ދިވެހީން ހޯދި ނަޞްރު ފާހަގަކުރުމުގެ ގޮތުންނެވެ.

-01.jpg&w=3840&q=75)
