logo
Bank of Maldives

Bank of Maldives

ޚަބަރު

މިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށް

ޢައްފާން މުޙައްމަދު
6 ނޮވެމްބަރު 2025 - 06:22
މިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށް

އާންމު ރައްޔިތުން ހިންގާ އަމިއްލަ ކުންފުނިތަކަށް 200 އެތައް މަޝްރޫއެއް ހަވާލުކޮށް، އާންމު ފަރުދުންނަށް ސަރުކާރުގެ މަޝްރޫއުތަކުން ބޮޑު ފައިދާއެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

މިކަމަށްޓަކައި ބާސެލޯ ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖުމްލަ 206 މަޝްރޫއެއްގައި އަމިއްލަ ކުންފުނިތަކާއެކު ސޮއިކޮށްފައިވެއެވެ. މީގެއިތުރުން، ފާއިތުވީ ދެ ދުވަސް ތެރޭގައި ހަވާލުކުރި މަޝްރޫޢުތަކާއެކު، ޖުމްލަ 216 މަޝްރޫއެއް ވަނީ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައި ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެކިއެކި ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ސަރުކާރުން ނިންމާފައިވާ މަޝްރޫއުތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން ތަޢުލީމީ، ސިއްޙީ، ދީނީ، ދާޚިލީ، ބޯހިޔާވަހިކަން، ތިމާވެށި އަދި މި ނޫންވެސް ދާއިރާތަކުން ކުންފުނިތަކާ މަސައްކަތް ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެއެވެ.

ޖުމްލަ 123 ރަށުގައި ހިންގާ މި މަޝްރޫޢުތައް ނިންމުމަށް ހަވާލުކޮށްފައިވަނީ ދިވެހި 53 އަމިއްލަ ކުންފުންޏަކާއެވެ.

އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މީގެ ސަބަބުން އެތައް ކުންފުންޏަކަށް ފައިސާ ލިބޭނެ ގޮތް ހަމަޖެހި، ދިވެހި އެތައް ޢާއިލާއަކަށް ތަނަވަސްކަން ލިބުމުގެ މަގުފަހިވާނެކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.

މިއަދު ސޮއިކުރި މަޝްރޫޢުތަކަށް ބަލާލާއިރު، ތަޢުލީމީ ދާއިރާއިން އެކަނިވެސް، 31 މަޝްރޫއެއްގައި ސޮއިކޮށްފައިވެއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި ކްލާސްރޫމްތައް ތަރައްޤީކުރުމާއި މަލްޓިޕާޕަސް ހޯލް ތަރައްޤީ ކުރުން ހިމެނެއެވެ. މީގެ އިތުރުން ބައެއް ރަށްރަށުގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމަށްވެސް އަމިއްލަ ކުންފުންޔަކާ ވަނީ ހަވާލުކޮށްފައެވެ.

މީގެއިތުރުން، ސިއްޙީ ދާއިރާގެ 30 މަޝްރޫއު، ދާޚިލީ ކަންކަމާ ގުޅުންހުރި 39 މަޝްރޫއު، ތިމާވެށީގެ ދާއިރާގެ 24 މަޝްރޫއު އަދި މަސްވެރިކަމުގެ ދާއިރާގެ ދެ މަޝްރޫޢެއް ވަނީ ހަވާލުކޮށްފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން 52 މަޝްރޫޢު އަކާއި ގެދޮރުވެރިކަމާ ބެހޭ ދާއިރާއިން 13 މަޝްރޫއަކާއި ދީނީ އަދި އިޖްތިމާޢީ ދާއިރާގެ 14 މަޝްރޫއެއްގެ އިތުރުން، ޒުވާނުންނާ ގުޅޭ ދާއިރާގެ އެއް މަޝްރޫއެއްގައި މިއަދުގެ މި ރަސްމިއްޔާތުގައި ވަނީ ސޮއިކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިއީ ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގެ ތެރެއިން، އާންމު ރައްޔިތުންގެ ކުންފުނިތަކާ އެންމެ ގިނަ މަސައްކަތް ހަވާލުކުރެވިގެންދިޔަ ފުރަތަމަ ދުވަސްކަން ފާޙަގަކުރައްވައި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް މަރުހަބާއާއި ޝުކުރު ދަންނަވާފައެވެ.

މީގެކުރިން ވެރިކަންތަކުގައި ސަރުކާރުގެ ތެރެއިން ހަވާލުކުރެވޭ މަޝްރޫއުތަކުގެ މަސައްކަތްތަކަށް ފައިސާ ނުލިބި އެކަމުގެ ކަންބޮޑުވުން ކުންފުނިތަކުން ފާޅުކޮށްފައިވާއިރު، މިއަދު ހަވާލުކުރެވިގެން މިދިޔަ މަޝްރޫޢުތަކުގައިި، ފައިސާ ލިބުމުގައި އެއްވެސް ދައްޗެއް ނާންނާނެކަމާއި ވަގުތަށް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

އަދި މިއަދު މި މަސައްކަތްތައް ކުންފުނިތަކާ ހަވާލުކުރެވުނީ، "ޑިފޯލްޓް" ވާނެ ގޮތަކަށް ބައްޓަންކޮށްފައި އޮތް ރާއްޖޭގެ އިގްތިސާދު ކޮޅަށްޖެހުމަށް މި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ސަރުކާރަށް މިހާރު ލިބިފައިވާތީކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަދި އެއްބަސްވުމުގައިވާ ގޮތަށް ކުންފުނިތަކުން ވަރަށް އަވަހަށް މަސައްކަތް ފަށާނެކަމަށާއި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ވަރަށް ހަލުވި ދުވެލީގައި އެ މަސައްކަތްތައްކޮށް ނިންމަވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 2 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 4 ގަޑިއިރު ކުރިންހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން