logo
Bank of Maldives

Bank of Maldives

ޚަބަރު

ބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސް

ޢައްފާން މުޙައްމަދު
6 ނޮވެމްބަރު 2025 - 07:08
ބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސް

ނިމިދިޔަ ސަރުކާރުން ރާއްޖޭގެ އިގްތިސާދު ވައްޓާލި އަނދަވަޅުން ސަލާމަތްކުރެވި، ބަނގުރޫޓުކޮށްލަން ޑިޒައިންކޮށްފައި އޮތް އިގްތިސާދު ކޮޅަށް ޖެހުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތްތަކާއެކު، އަމިއްލަ ވިޔަފާރިތަކުން ސަރުކާރަށް ކުރާ އިތުބާރު އަލުން ހޯދިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މުޅި އިގްތިސާދަށް އޭގެ ހެޔޮ އަސަރުކުރުވާނެ ފަދަ ބޮޑު އިންގިލާބެއްގެ ފެށުން ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި، ރައްޔިތުންނާ ސީދާ ގޮތުން ގުޅިފައިވާ ޖުމްލަ 206 މަޝްރޫޢެއް، ރާއްޖޭގެ އަމިއްލަ 53 ކުންފުންޏަކާ ހަވާލުކޮށް، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ވިޔަފާރިއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނުވާނެ މަގު ފަހިކޮށްދީފައިވެއެވެ. މިއީ އެއް ދުވަސް ތެރޭ، އެންމެ ގިނަ އަދަދެއްގެ މަޝްރޫޢުތަކެއްގައި ރާއްޖޭގެ ތާރީޚުގައި ވެސް ސޮއިކުރެވުނު ފަހަރެވެ. އަދި އަމިއްލަ ކުންފުނިތަކަކާ މިގޮތަށް އެހާ ގިނަ މަޝްރޫޢުތަކެއް ހަވާލުކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

123 ރަށެއްގައި ހިންގާ މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ތާރީޚީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެދިފައިވާ މުހިންމު ކަންތައްތަކެއް ފުއްދަވައިދެއްވުމަށް މިއަދު މި ފެށުނު މަސައްކަތުގައި، ޤާނޫނާއި ގަވައިދުގެ ތެރެއިން، އޮންނަ އިޖުރާއަތްތަކާ އެއްގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރެވިގެން މިދިޔައީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ކުންފުނިތަކެއްގެ އެއްބާރުލުމާއި އިތުބާރާއެކުގައި އެ މަސައްކަތްތައް ކުރުމަށް އެ ކުންފުނިތަކުން ކުރިމަތިލައިގެން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު މިހާރު ހުރީ ވަރަށް ރަނގަޅު މިސްރާބަކާ ދިމާލަށްކަން ފާހަގަކުރައްވައި ރައީސް ވަނީ، އަމިއްލަ ވިޔަފާރިތަކުން ސަރުކާރަށް ކުރާ އިތުބާރު އަލުން ހޯދިއްޖެކަން ފާހަގަކުރައްވާފައެވެ.

އާދެ ރާއްޖޭގެ އިގްތިސާދު މިވަނީ މިހާރު ވަރަށް ރަނގަޅު މިސްރާބަކަށް ގެންދެވިފަ. އަޅުގަނޑުމެންނާ ހަވާލުވިއިރުގައި، ފުން އަނދަވަޅަކަށް ވައްޓާލާފައިވާ ޑިފޯލްޓް ކުރުމަށް ޑިޒައިންކޮށްފައި އޮތް އިގްތިޞާދެއް، ނަގާ ކޮޅަށް ޖަހައި، ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު، ސަރުކާރު ތެރެއިން އެންމެން މި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މި ސޮއިކުރުމާ ހަމައަށް ވެސް މި އާދެވުނީ ހަގީގަތުގައި. އެއީ، އިގްތިޞާދުގައި މި ބުންވަރު ނެތްނަމަ މި ދުވަހެއް ނާންނާނެ. އިގްތިޞާދާ މެދުގައި، ސަރުކާރާ މެދުގައި ޕްރައިވެޓް ސެކްޓަރގެ އިތުބާރު ނެތްނަމަ މިހިސާބަކަށް ނުގެނެވޭނެ. އެހެންވީމަ މި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އެއީ - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، އެއްބަސްވުމާ އެއްގޮތަށް، ދާދި އަވަހަށް ކުންފުނިތަކުން މަސައްކަތްތައް ފަށާނެ ކަމަށާއި ވަރަށް ހަލުވި ދުވެލީގައި މަސައްކަތްތައް ކޮށް ނިންމާލެވޭނެކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތްތައް ކުރުމަށް ހަވާލުވި ކުންފުނިތަކަށް ސަރުކާރުގެ ތެރެއިން ފަހިކޮށްދޭން ޖެހޭ ކަންކަމާއި ދޭންޖެހޭ އެއްބާރުލުމެއް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އެތައް މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން މަޝްރޫޢުތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން، މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ، ތަޢުލީމީ ދާއިރާ، ޞިއްޙީ ދާއިރާ، ދާޚިލީ ދާއިރާ، ތިމާވެށީގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ ، ކުޅިވަރުގެ ދާއިރާ، ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާ، ދީނީ ދާއިރާ އަދި ޒުވާނުންގެ ދާއިރާއިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ، ސޮއިކުރި މަޝްރޫޢުތަކާ ހަވާލުވި ކުންފުނިތަކަށް ގަވައިދުން ފައިސާ ލިބޭނެކަމުގެ ޔަގީންކަންޚަބަރު | 2 ގަޑިއިރު ކުރިންބަނގުރޫޓު ކޮށްލަން ޑިޒައިންކޮށްފަ އޮތް އިގްތިސާދު ކޮޅަށް ޖަހައި، ޕްރައިވެޓް ސެކްޓަރގެ އިތުބާރު ހޯދިއްޖެ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންމިއީ ރެކޯޑެއް: އެއް ދުވަސް ތެރޭ 206 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް، ހުރިހާ ފައިދާއެއް ދިވެހިންނަށްޚަބަރު | 4 ގަޑިއިރު ކުރިންހަންކެޑެގައި އާ މަޝްރޫއެއް ހިންގަން ފުރުސަތު ދިނީ ތުރުކީގެ އިންވެސްޓަރަކަށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިން