logo
Bank of Maldives

Bank of Maldives

ޚަބަރު

ނައިބު ރައީސް ދޯހާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އައިޝަތު ނަޝާ
6 ނޮވެމްބަރު 2025 - 06:55
ނައިބު ރައީސް ދޯހާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު، ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

އެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އެވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށާއި، ޢާންމު ޚިދުމަތްތައް ޑިޖިޓަލް ކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދޭ އަހުމިއްޔަތު ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އިޖުތިމާޢީ ތަރައްޤީގެ ލަނޑުދަނޑިއަށް ވާސިލުވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަށާޖެހޭ ސިޔާސަތުގެ ތެރެއިން، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޒުވާނުން ބާރުވެރިކުރުމާއި، އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަންކަމުގައި ޝާމިލުކުރުމާއި، ޕެންޝަނާއި ސިއްޙީފަރުވާ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގެ ސަބަބުން، ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށާއި، އިޖުތިމާޢީ ޝާމިލުކަން ޤާއިމުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެއިން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރަމުންގެންދާނޭކަން ހާމަކޮށްދެއެވެ.

ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ކުރިއަށްގެންގޮސްފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 4 އިން 6 އަށް ޤަޠަރުގެ ދޯހާގައެވެ. ޤައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކުން ވަނީ، އެ ސަމިޓުގައި ބައިވެރިވެވަޑައިގެންފައެވެ.

އަދި އެ ފަރާތްތަކުން ވަނީ، 2030 އެޖެންޑާ ފޯ ސޯޝަލް ޑިވެލޮޕްމަންޓާ އެއްގޮތްވާ ގޮތުގެ މަތީން، އިޖުތިމާޢީ ތަރައްޤީއަށް ވާސިލުވުމާއި، ފަޤީރުކަން ނައްތާލުމާއި، ޝާމިލު މުޖުތަމަޢުތައް ބިނާކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރަމުންގެންދިއުމުގެ އަޒުމު އާކުރައްވާފައެވެ

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްޤީގެ ސާފު ތަސައްވުރަކާއެކު: ނައިބުރައީސްޚަބަރު | 5 ގަޑިއިރު ކުރިން ބޭނުން ވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ވެރިންތަކެއް: ނައިބު ރައީސްޚަބަރު | 16 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެފްއޭއެމް ވިމެންސް ލީގް 2025ގެ ފައިނަލް މެޗް ޝަރަފުވެރިކޮށްދެއްވައިފިކުޅިވަރު | މަހެއް ކުރިންދިވެހިން އެދޭ އެދުމަކީ މިއަހަރުގެ ކާވާ ކަޕްގެ ތަށި ގެނައުން ކަމުގައި ނައިބުރައީސް ވިދާޅުވެއްޖެޚަބަރު | 2 މަސް ކުރިން