logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްޤީގެ ސާފު ތަސައްވުރަކާއެކު: ނައިބުރައީސް

ޒިދާން މުޙައްމަދު
3 ފެބްރުއަރީ 2026 - 18:51
ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްޤީގެ ސާފު ތަސައްވުރަކާއެކު: ނައިބުރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްޤީގެ ސާފު ތަސައްވުރަކާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވީ، ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބުރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ދިވެހީންގެ ރާއްޖެއަށް ބޭނުންވާ ތަރައްޤީގެ ކަންކަން ވަރަށް ސާފުވާނެހެން ފުރިހަމަ ޕްލޭނަކާއެކުގައި ކަމަށެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ހަމަޖެހުން، ރައްކާތެރިކަން އަދި ތަރައްޤީއާއެކު ކުރިއަށްދާން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެއްލައްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ޖަވާބުދާރީ ކުރުވަންޖެހޭކަމަށާއި، އެއީ އަސާސީ ޙައްޤެއްކަމަށް ވިދާޅުވިއެވެ. އަދި އެ ޒިންމާ އަދާކުރަންޖެހޭނީ ވާދަވެރިންކަމަށާއި، ނަމަވެސް އެކަން ކުރަންޖެހޭނީ ރީތިގޮތުގައިކަމަށް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނައިބުރައީސް ވިދާޅުވީ ޖާވާބުދާރީ ކުރުވަން ދައްކާ ވާހަތަކަކީ ޒިންމާދާރުކަމާއެކު ދައްކަންޖެހޭ ވާހަކަތަކެއްކަމަށާއި، އޭގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ހަމަޖެހުން ގެއްލި، ނަފްރަތާއި ރުޅިވެރިކަމާއި ޒާތީ ހަސަދަ އުފެދުމަށް ޖާގަދެވިގެންނުވާނެކަމަށެވެ.

"2008ގެ ކުރީކޮޅުގައި އެ ފެނުނު ކަންތައްތައް އަޅުގަނޑުމެން ބޭނުންވަނީ ހަނދާން ނައްތާލަން. މި ސިޔާސީ މައިދާނުގައި އެއީ އަޅުގަނޑުމެން ތަކުރާރުކުރަން ބޭނުންވާ ކަންކަމެއްނޫން. މިއަދުގެ މި ޖީލުތަކަށް ބޭނުންވާ ވާހަކަތަކެއްނޫން އެއީކީ. ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ. ރައްޔިތުން ޤަބޫލުކުރާ ފެންވަރުގެ ވާހަކަތައް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު މިދެންނެވި އޭގެ ރީތިގޮތުގައި އެކަން ކޮށްދެއްވާށޭ. އަޅުގަނޑުމެންގެ ރައީސަކީ ޖާވާބުދާރީވާން ކެރޭނެ ވެރިއެއް."

ނައިބުރައީސްގެ ވާހަކަފުޅުގައި ވަނީ ވެރިރަށް މާލެއަށް އިޖްތިމާޢީގޮތުން ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް އަޅިއަޅުއްވާލައްވަވާފައެވެ.

އެގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ތެރެއިން ހައްދަވަންޖެހޭ ޤާނޫނުތަކާއި، ގަވާޢިދުތަކާއި އުޞޫލުތައް ހައްދަވައިގެންވެސް ދިވެހިންގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރެވޭތޯ ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ލިބިފައިނުވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޫސުމީ ނާޒުކުކަމުން އަރައިގަތުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން އިތުރުކުރުމަށް ނައިބު ރައީސް ގޮވާލައްވައިފިޚަބަރު | 6 ގަޑިއިރު ކުރިންޙުސައިން ޢަބްދުއްރަޙުމާން ނިޔާވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | 9 ގަޑިއިރު ކުރިންވެލާ ބިސްއަޅާ ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ އަޒުމް ރާއްޖެއިން އާކޮށްފިޚަބަރު | ދުވަހެއް ކުރިންގައިދީންނަށް ގުނަވަން ހަދިޔާކުރެވޭ ގޮތަށް އޮތުމުން، ޓްރާންސްޕްލާންޓް ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފިޚަބަރު | 2 ދުވަސް ކުރިން