'ދިވެހީންގެ އެހީ – ޣައްޒާއަށް' މިނަމުގައި މާދަމާ މާލޭގައި ބޮޑު ވެހިކަލް ރެލީއެއް !
6 ނޮވެމްބަރު 2025 - 11:29

ޣައްޒާގެ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން "ދިވެހީންގެ އެހީ – ޣައްޒާއަށް" މިނަމުގައި ފަންޑްރައިޒިންގެ ބޮޑު އިވެންޓެއް 2025 ނޮވެމްބަރ ވާ 07 ވާ ހުކުރު ދުވަހާއި އަދި 2025 ނޮވެމްބަރ 08 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިހަރަކާތަކީ ޓިކްޓޮކްގައި ބޭސްފަރުވާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަންޑްރައިޒް ކުރާ ޙޮސްޓުންގެ އިސްނެގުމާއިއެކު ޚިދުމަތް ޖަމިއްޔާ، ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް)، ރޭސިންގ އެސޯސިއޭޝަންގެ ބައިވެރިވުމާއިއެކު ކުރިއަށް ގެންދާ ޚަރަކާތެކެވެ.

Ad by Hajj Corporation
ފަންޑް ރައިޒިންގ މިޚަރަކާތުގެ އެންމެހާ ފަންޑް ޣައްޒާއަށް ފޯރުކޮށްދިނުމުގެ އެންމެ އިސްދައުރެއް އަދާކުރާ ފަރާތަކީ ޚިދުމަތް ޖަމިއްޔާއެވެ. ޚިދުމަތް ޖަމިއްޔާގެ ފަރާތުން މަޢުލޫމާތު ދެއްވި އެޖަމިއްޔާގެ ހިއުމަން ރިސޯސަސް މެނޭޖަރ އަހުމަދު ރަޝީދު (އަންނާރޭ) ވިދާޅުވީ އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަސް މުއްދަތެއްގައި ޣައްޒާގެ ރައްޔިތުންނަށް މިފަންޑްގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ހަރަކާތުގެ ތެރެއިން ޑްރައިވާސް އެސޯސިއޭޝަން އަދި ރޭސިން އެސޯސިއޭޝަންގެ ރެލީއެއް މާލެ ރަސްފަންނުން ފެށިގެން ހުޅުމާލެ ފޭސް 2 ގެ ރުއްގަނޑު 3 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ. ރެލީގެ އިތުރުން ރުއްގަނޑު 3 ގައި ފަންޑްރައިޒިން ހަވީރު 16:00 އިން 18:00 އަށް ކުރިޔަށް ގެންދެވޭނެކަމަށާއި އަދި އެރޭ 20:00 އިން 00:00 އަށް ޓިކްޓޮކް ގައި ފަންޑްރައިޒިން ލައިވް ހުޅުވާލެވޭނެކަމަށް ޚިދުމަތް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
2025 ނޮވެމަބަރ 2025 ގައި އޮންނަ ބޮޑު ރެލީގެ މަޢުލޫމާތު ދެއްވަމުން ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) ގެ ރައީސް ނިޔާޒު ވިދާޅުވީ މި ހަރަކާތުގެ މަޤްޞަދަކީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އާއި ޣައްޒާ އާރާސްތުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.


