logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ އެސްއީޒެޑުން ލަންކާގެ ދެ މަސްބޯޓު ހިފަހައްޓައިފި

އިސްމާޢިލް ރާތިޢު
7 ނޮވެމްބަރު 2025 - 06:16
ރާއްޖޭގެ އެސްއީޒެޑުން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓު- ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ އެސްއީޒެޑުން ހިފެހެއްޓި ލަންކާގެ ދެ މަސްބޯޓު- ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. މި ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަން ދެނެގަނެވިފައިވަނީ އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ،

Ad by Hajj Corporation

Ad by Hajj Corporation

ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު  ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

 އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއީޒެޑް ޤައުމީ ދިފާއީ ބާރުން ބަލަހައްޓާ ގޮތަށް ނިންމައިފިޚަބަރު | 19 ދުވަސް ކުރިންއައިލާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމާއި ފަތުރުވެރިކަމާ މެދު އަލުން ވިސްނަން ލިބުނު ފުރުޞަތެއް: ސައީދުޚަބަރު | މަހެއް ކުރިންއައިލާ ސަސްޓެއިނަބަލް ޓައުންޝިޕްގެ ބިންގާ ރައީސް އަޅުއްވާދެއްވައިފިޚަބަރު | މަހެއް ކުރިންވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބައިވެރިން ދަސްވެނިވެއްޖެޚަބަރު | 2 މަސް ކުރިން