logo
Bank of Maldives

Bank of Maldives

ޚަބަރު

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕްގެ ބިންގާ ރައީސް އަޅުއްވާދެއްވައިފި

މުޙައްމަދު އަފްރާޙް
29 ޖެނުއަރީ 2026 - 06:11
އައިލާ ސަސްޓެއިނަބަލް ޓައުންޝިޕްގެ ބިންގާ ރައީސް އަޅުއްވާދެއްވައިފި

'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވާދެއްވައިފިއެވެ.

ނ. އަތޮޅުގައި ތަރައްޤީކުރާ މި މަޝްރޫއުގެ ބިންގާ އެމަނިކުފާނު އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަކީ ރާއްޖޭގެ ސްޕެޝަލް އިކޮނިމިކް ޒޯން، އެސްއީޒެޑްގެ ދަށުން ހިންގާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ސަރުކާރުން މި މަޝްރޫޢުގެ ހުއްދަ ރަސްމީކޮށް ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 11 ގައެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ދިގުފަރު ފަޅާއި، ދެކުނުފަރު އަދި ކުރަމާދޫ ހިމެނޭ ސަރަހައްދުގައެވެ.

ޖުމްލަ 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާގެ އިންވެސްޓްމެންޓުގެ މި މަޝްރޫއު ކުރިއަށްގެންދަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަކީ މި މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ އަހަރުގެ މާރިޗު މަހު ފަށައި، ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ ނިންމާލާފައެވެ.

މި ޓައުންޝިޕްގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި، އެތަނަށް ބޭނުންވާ ކަރަންޓުގެ 60 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން އުފެއްދުމާއި ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކާއި، ބައިނަލްއަޤްވާމީ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. އަދި ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗަރ އާއި މެރިކަލްޗަރ ޒޯނެއްވެސް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ސަރުކާރުން ވަނީ 2028 ވަނަ އަހަރުގެ ނިމުމުގެ ކުރިން ސަސްޓެއިނަބަލް ޓައުންޝިޕް އޮޕަރޭޝަނަށް ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި މަޝްރޫޢަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭނެ ތަފާތު މަޝްރޫޢަކަށް ވާނެ ކަމަށައި މި މަޝްރޫޢު ނިމުމުން މިއީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ ދެމެހެއްޓެނިވި ތަރައްޤީގެ ނަމޫނާއަކަށް ވާނެކަމަށް ވެސް ސަރުކާރުން ހާމަކުރައްވައެވެ.

މީގެ އިތުރުން މިއީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށާއި، މަސައްކަތްކުރާ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް ބޭނުންވާ ހުރިހާ އަސާސީ ހިދުމަތްތަކެއް ފުރިހަމައަށް ލިބިގެންދާނެ، ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ އައު މޫނުމައްޗަށް ވެގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. އަދި ވަޒީފާގެ ފުރުޞަތުތައް އުފެދި، ޢާންމު ޚިދުމަތްތައް ޤާއިމުވެ، ތަޢުލީމާއި ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވާނެ ކަަމަށް ވެސް ވިދާޅުވެއެވެ.

ހަމަމިއާއެކު ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މި މަޝްރޫއުގެ ސަބަބުން މަގުފަހިވާއިރު، މިއީ ސީދާ ރައްޔިތުންނަށް ފައިދާކުރާނެ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ޤައުމުގެ އިޤުތިޞާދީ ދުވެލި ހަލުވިކޮށްދޭނެ މަޝްރޫއެއް ކަމުގައި ސަރުކާރުން ވިދާޅުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖެ އެދޭ އިޤުތިޞާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމު: ރައީސްޚަބަރު | 9 ގަޑިއިރު ކުރިން ދެމެހެއްޓެނިވި އިންވެސްޓްމެންޓުތައް ރާއްޖޭގައި ކުރުމަށް ރައީސްގެ ދައުވަތު ޚަބަރު | 14 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ސްރީލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި ޚަބަރު | 16 ގަޑިއިރު ކުރިން