logo
Bank of Maldives

Bank of Maldives

ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފި

އައިޝަތު ނަޝާ
7 ނޮވެމްބަރު 2025 - 11:32
ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފި

ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ،ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ސީއީއޯ ނޫރު އަޙްމަދު ޙަމީދާއި،ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު  ޠާރިޤު އިބްރާހިމް މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވު ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގެ މައިގަނޑު އެއް މަޤްސަދަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދިމާވެދާނެ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ، އެ ދާއިރާގެ ދެމެހެއްޓެނިވި ކުޅަދާނަކަން އިތުރުކުރުމަށް ބޭނުންވާ ސްޓްރެޓެޖީތައް ދެނެގަތުމެވެ. އޭގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމުގެ އުސޫލުތައް ތަންފީޒުކުރުމާއި، މުޖުތަމަޢީ ތަރައްޤީއަށް އިސްކަންދިނުން ހިމެނެއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދެމެހެއްޓެނިވި ކުރިއެރުން ގެނައުމަށްޓަކައި ޕާޓާއާ ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

ދެ ފަރާތުން ވެސް މިފަދަ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 684،908 ފަތުރުވެރިން ޚަބަރު | 8 ދުވަސް ކުރިންއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 600،000 އަށް ވުރެ މަތީގައިޚަބަރު | 22 ދުވަސް ކުރިންފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއްޚަބަރު | މަހެއް ކުރިންމި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 144,619 ފަތުރުވެރިން ޒިޔާރާތްކުރިޚަބަރު | 2 މަސް ކުރިން