logo
MPL

MPL

ޚަބަރު

ޑަބްލިއު.ޓީ.އެމް 2025 ގެ ތެރެއިން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއް

އިސްމާޢިލް ރާތިޢު
5 ނޮވެމްބަރު 2025 - 05:18
ޑަބްލިއު.ޓީ.އެމް 2025 ގެ ތެރެއިން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު މަޝްވަރާތަކެއް

އިނގިރޭސިވިލާތުގެ ލަންޑަންގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) 2025 ގައި، ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު، މެހެމެތު އާސޮއީއާ ބައްދަލުކުރައްވާ، ދެޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރުމާއި އައު ފުރުސަތުތަކާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ތުރުކީއަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމާއި، ތުރުކީއަކީ ދިވެހިރާއްޖޭގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެވުނު ކަމަށާއި ދެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި އައު ކުރިއެރުންތައް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި މަޝްވަރާތަކުގެ ތެރޭގައި ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، ދެ ޤައުމުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އައު ފުރުސަތުތައް ހޯދުމަށް މަގުފަހިކުރެވިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑަބްލިއު.ޓީ.އެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑެތި އިވެންޓުތަކުގެ ތެރެއިން އެއް އިވެންޓަށް ވާތީ، މި ބައްދަލުވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުމަށް މުހިންމު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ދެ ޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ އުންމީދުތަކެއް ގެނެސްދޭނެކަމަށް ވެސް އުންމީދުކުރެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންޒުވާނުންނަށް އާމްދަނީއާއެކު ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނުވާން ރަނުގެ ފުރުސަތެއްޚަބަރު | މަހެއް ކުރިން'ވިޒިޓް މޯލްޑިވްސް އިޔަރ' އިފްތިތާޙްކޮށް، ޓޫރިޒަމް އެވޯޑަށް މުޅިން އައު ދާއިރާތަކެއް ތަޢާރަފްކޮށްފިޚަބަރު | މަހެއް ކުރިންސެޕްޓެންބަރު މަހު ދުވާލަކު އެވްރެޖްކޮށް 5،800 އަށް ވުރެ ގިނަ ފަތުރުވެރިންޚަބަރު | މަހެއް ކުރިން