logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވަން ޝަހީމް ސަޢުދީއަށް

ޢައްފާން މުޙައްމަދު
8 ނޮވެމްބަރު 2025 - 04:04
ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވަން ޝަހީމް ސަޢުދީއަށް

ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ވަޒީރުގެ މި ދަތުރުފުޅަކީ ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި ސަޢުދީގެ ޙައްޖު އަދި ޢުމްރާއާއި ބެހޭ ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާން އަލްރާބިޢާ އާ ވަޒީރު ބައްދަލުކުރައްވާނެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ސަޢުދީ ސަރުކާރާއި ދެމެދު 1447ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ..

މި ދަތުރުފުޅުގެ ތެރެއިން މައްކާ ރޫޓު އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ އާއި ބައްދަލުކުރައްވައި، މައްކާ ރޫޓު އިނީޝިއޭޓިވްއާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އަދި ޙައްޖު މިނިސްޓަރުންގެ ކޮންފަރެންސާއި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ބާއްވާ 5 ވަަނަ ޙައްޖު އެންޑް ޢުމްރާ ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައިވެސް ވަޒީރު ބައިވެރިވެލައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ރާއްޖެއާއި ސައުދީއާ ދެމެދު އޮތް ޚާރިޖީ ގުޅުން ވަރުގަދަވެ، އޭގެ ލާބައާއި މަންފާ ދިވެހިންނަށް އަންނަނީ ލިބެމުންނެވެ.

އެގޮތުން 1446ވަނަ އަހަރުން ފެށިގެން މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުއްވާފައިވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްސަ އިރުޝާދުގެ ދަށުން އެކަމުގައި ޤައުމުތައް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ޚާއްސަކަން ދެވުނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙައްޖު އެއްބަސްވުމުގައި ސޮއިކުރައްވަން ޝަހީމް ސަޢުދީއަށްޚަބަރު | 3 ގަޑިއިރު ކުރިންދައުރު ނިމޭއިރު މާލޭގައި އެއްވެސް ބައު މިސްކިތެއް ނުހުންނާނެ: ޑރ. ޝަހީމްޚަބަރު | 8 ދުވަސް ކުރިންވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް: ވަޒީރު ޝަހީމްޚަބަރު | 9 ދުވަސް ކުރިންބާވެފައި ހުރި މިސްކިތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީޚަބަރު | 10 ދުވަސް ކުރިން