ހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފި
8 ނޮވެމްބަރު 2025 - 05:15

ހުޅުމާލޭގައި ކާރެއް ކޮންޓްރޯލު ނުވެ އެކްސިޑެންޓެއް ހިނގައިފިއެވެ.

Ad by Hajj Corporation
މެންދުރު ޓީވީއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއް، ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ، ފިހާރައެއްގެ ބިއްލޫރިގަނޑުގައި ޖެހުނު މައްސަލައެއް މިއަދު ހެނދުނު 06:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެކްސިޑެންޓުވި ކާރުގައި ތިބި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އޮފިސަރު ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


