logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލެ އެކްސިޑެންޓު: ކާރު ދުއްވި މީހާ އިނީ މަސްތުގެ ހާލަތުގައިކަމަށް ތުހުމަތުކުރެވޭ

ޢައްފާން މުޙައްމަދު
8 ނޮވެމްބަރު 2025 - 05:46
ފޮޓޯ/ މެންދުރު ޓީވީ
ފޮޓޯ/ މެންދުރު ޓީވީ

ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓުގައި ޝާމިލުވާ ކާރު ދުއްވަން އިން މީހާ އިނީ މަސްތުގެ ހާލަތުގައިކަމަށް ތުހުމަތުކުރެވޭކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓު ހިނގި ވަގުތު މަންޒަރު ދުށް މީހަކު ދިން މައުލޫމާތަށް ބިނާކޮށް މެންދުރު ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، މަސްތުވެގެން އިންކަމަށް ތުހުމަތުކުރެވޭ މީހާ  ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރު، ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި ދާން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެ، ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ، ފިހާރައެއްގައި ޖެހުނު މައްސަލައެއް މިއަދު ހެނދުނު 06:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެކްސިޑެންޓުވި ކާރުގައި ތިބި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އޮފިސަރު ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެޚަބަރު | 4 ގަޑިއިރު ކުރިންފުލިދޫ ކައިރިއަށް ފަރަށް އަރައި ބޯޓެއް އަޑިއަށްދަނީޚަބަރު | 6 ގަޑިއިރު ކުރިންހުޅުމާލެ އެކްސިޑެންޓު: ކާރު ދުއްވި މީހާ އިނީ މަސްތުގެ ހާލަތުގައިކަމަށް ތުހުމަތުކުރެވޭޚަބަރު | 8 ގަޑިއިރު ކުރިންހުޅުމާލޭގައި ކާރެއް ކޮންޓްރޯލް ނުވެ ފިހާރައެއްގެ ބިއްލޫރިގަނޑަށް އަރައިފިޚަބަރު | 9 ގަޑިއިރު ކުރިން