ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ
8 ނޮވެމްބަރު 2025 - 10:08

ގދ. ވިލިނގިލީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ 01:25 ހާއިރު ވިލިނގިލީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް, ސަމުގާ މަގުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

Ad by Hajj Corporation
އޭނާ ވެއްޓިފައި ވަނީ، ގެއެއްގެ ފާރުގައި ސައިކަލު ޖެހި، އެކްސިޑެންޓު ވެގެން ކަމަށް ފުލުހުން ބުނެއެވެ.
ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އެ ޒުވާނާ މިއަދު ވަނީ ނިޔާވެފައެވެ. މިއަދުގެ މެންދުރު ނަމާދަށްފަހު އޭނާގެ ހަށިގަނޑު ވަނީ ވަޅުލައިފަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވެ ފަރުވާހޯދަމުން ދަނިކޮށް ނިޔާވެފައި ވަނީ ވިލިނގިލީ، ސޯސަން ވިލާ، އުމުރުން 26 އަހަރުގެ ވިކާޝް އަހުމަދެވެ.
މައުލޫމާތު އެނގޭ ބައެއް މަސްދަރުތަކުން މީޑިއާތަކާ މައުލޫ ހިއްސާކޮށްފައިވާ ގޮތުގައި، އޭނާއަށް މި ފަހުން ވަނީ ފިޓް ޖެހުމުގެ މައްސަލަ ދިމާވާން ފަށައިފަ އެވެ. އަދި އެކްސިޑެންޓް ހިނގީ ވެސް ފިޓްޖެހިގެން ކަމަށް ލަފާ ކުރެވޭ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ރާއްޖޭގެ މީޑިއާއަކާ ވާހަކަދައްކަމުން ބުނެފައިވެއެވެ.


