logo
Bank of Maldives

Bank of Maldives

ޚަބަރު

އަމިއްލަ ކުންފުނިތަކަށް ފައިސާ ލިބެން އޮތް މަގެއް ބަންދުކުރަން އެމްޑީޕީން ކޯޓަށް ދަނީ

ޢައްފާން މުޙައްމަދު
9 ނޮވެމްބަރު 2025 - 05:46
އަމިއްލަ ކުންފުނިތަކަށް ފައިސާ ލިބެން އޮތް މަގެއް ބަންދުކުރަން އެމްޑީޕީން ކޯޓަށް ދަނީ

ރާއްޖޭގެ އަމިއްލަ ވިޔަފާރިތައް ކުރިއަރައިދިއުމަށް މި ސަރުކާރުން ކޮށާދިން މަގު ބަންދުކޮށް، އެ ކުންފުނިތަކާ މަޝްރޫޢުތައް ހަވާލުކުރުން ހުއްޓުވުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކޯޓަށް ދާން ނިންމައިފިއެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދިޔަ ބިންގަލެއް ކަމަށް ސަރުކާރުން ދެކެއެވެ.  މި މަޝްރޫޢުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެކަމަށް ވެސް ސަރުކާރުން ދެކެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަން މިހެން އޮތްނަމަވެސް، 206 މަޝްރޫއެއް ހިންގަން ސަރުކާރުން މިދިޔަ ހަފުތާގައި 53 ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް، އެ މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވަން ކޯޓަށް ދާން އެމްޑީޕީގެ ގައުމީ މަޖިލިހުން ހޮނިހިރު ދުވަހުގެރޭ ވަނީ ނިންމާފައެވެ.

އަދި ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރަން ވެސް އެމްޑީޕީން ވަނީ އެ ބައްދަލުވުމުގައި ގޮވާލާފައެވެ.  އަދި އެމްޑީޕީގެ ވެރިކަމެއްގައި މި މަޝްރޫޢުތަކުގެ މަސައްކަތްތަކާ ގުޅުންހުރި މުއައްސަސާތަކުގެ މެންބަރުން ވަކިކޮށް ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައިވެއެވެ.

އެ ގަރާރު ފާސްކުރީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މި މަޝްރޫޢުތައް އެ ކުންފުނިތަކާ ހަވާލުކުރީ ޤާނޫނާ ޚިލާފަށް ކަމަށް، މިފަހުން ހިންގާ މިފަދަ ގައުމީ ބޮޑެތި ހުރިހާ މަޝްރޫއުތަކާ މަެދު ނުރަނގަޅު ތަސައްވުރެއް އުފައްދަން މަސައްކަތްކުރާ އެމްޑީޕީން ތުހުމަތުކުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެ މުއާމަލާތް ހިންގީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ކުދި، އަމިއްލަ ފަރާތްތަކުން ހިންގާ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ އެތައް މައްސަލައެއް ފެންމަތިވެފައިވެއެވެ. އެގޮތުން ސަރުކާރު ތެރެއިން އަމިއްލަ ވިޔަފާރިތަކާ ހަވާލުކުރާ މަޝްރޫޢުތަކަށް، މަސައްކަތް ނިންމުމުން ވެސް ފައިސާ ނުދިނުމުގެ ސަބަބުން އެ ވިޔަފާރިތައް ބަނގުރޫޓުވާ ހާލަތަށް ދިޔަކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

އެހެންނަމަވެސް "އިނދަޖައްސާލަން ޑިޒައިންކޮށްފައި" އޮތް ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖަހައި، ސަރުކާރުތަކުން ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް ދަރާފައިވާ ފައިސާ ތައް ދައްކާ ޚަލާސްކުރަން މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން، އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށް، ނަތީޖާ ނެރެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދުގެ ޝައުޤުވެރިކަން ހުންނެވީ ދައުލަތުގެ ވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރެއްވުމަށް!ޚަބަރު | 6 ގަޑިއިރު ކުރިންރައްޔިތުންނަށް ދަތިވާގޮތަށް ކޮންމެ ރެއަކު މުޒާހަރާ ކުރަނީ ފޮޓޯ ކޮޅެއް ހޯދާލަން: ޝުޖާއުޚަބަރު | 11 ގަޑިއިރު ކުރިންއެމްޑީޕީގެ ހިންގުމުގައި ލަފާދޭން ރައީސް ނަޝީދުއާއި ރައީސް ޞާލިޙް ހަމަޖައްސައިފިޚަބަރު | 8 ދުވަސް ކުރިންޕީއެންސީގެ ވެރިކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް: އެމްޑީޕީން ރައްޔިތުންގެ ކިބައިން ''ހޭވެސް'' އަހާނުލިރިޕޯޓް | 9 ދުވަސް ކުރިން