logo
Bank of Maldives

Bank of Maldives

ޚަބަރު

48 ގަޑިއިރުތެރޭ 21 އުޅަނދު ޓޯކޮށް، 34 މީހުން ޖޫރިމަނާކޮށްފި

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 08:05
 48 ގަޑިއިރުތެރޭ 21 އުޅަނދު ޓޯކޮށް، 34 މީހުން ޖޫރިމަނާކޮށްފި

ވޭތުވެ 48 ގަޑިއިރު ތެރޭގައި ހުޅުމާލޭ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކުކުކޮށްފައި ހުރި 21 އުޅަނދެއް ޓޯކޮށް، 34 މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ހުޅުމާލޭގެ މަގުތަކުގައި އާންމު ދަތުރު ފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ހުޅުމާލޭ 18 ސައިކަލާއި 3 ކާރު ވަނީ ޓޯކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި 30 ސައިކަލަކާއި 4 ކާރެއްގެ ވެރިފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ.

ޖޫރިމަނާކުރި އުޅަނދުތަކުގެ ތެރޭގައި އުޅަނދުގެ އަސްލަށް ބަދަލު ގެނެސްގެން ދުއްވަމުން ދިޔަ 2 ސައިކަލު ހިމެނެއެވެ. އަދި ލައިސަންސް ނެތި ދުއްވި 9 ސައިކަލާއި، ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވި ތިން ސައިކަލާއި 1 ކާރު ހިމެނެއެވެ.

ފުލުހުން ހުޅުމާލޭ މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލުތައް ކޮންމެ ދެ ދުވަހަކުން ދަނީ އާންމު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްސަލަތަކުގެ ހެކި ނައްތާލައި، ގޭންގް ގުރޫޕްތަކަށް ރައްކާތެރިކަންދޭކަމުގެ ތުހުމަތު ފަރުހާދަށްޚަބަރު | 6 ގަޑިއިރު ކުރިންފުލުހުންގެ އިސް ބޭފުޅުންނާއި، އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިން 48 ގަޑިއިރުތެރޭ 21 އުޅަނދު ޓޯކޮށް، 34 މީހުން ޖޫރިމަނާކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިން