logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ އިސް ބޭފުޅުންނާއި، އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފި

އައިޝަތު ނަޝާ
9 ނޮވެމްބަރު 2025 - 08:22
ފުލުހުންގެ އިސް ބޭފުޅުންނާއި، އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ހިމެނިވަޑައިގަންނަވާހެން ފުލުހުންގެ އިސް ބޭފުޅުންނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރުން ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ކޮމިޝަނަރގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާއި، ޑެޕިއުޓީ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަޠީހް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ޝުއައިބް އަބްދުއް ރަޙްމާންއާއި އެ ކޮމިޝަންގެ އެހެނިހެން މެންބަރުން ބައިވެރިވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި، ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ދެ އިދާރާ ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި އަދި ފުލުހުންނާ ގުޅޭގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި ފުލުހުންގެ ފަރާތުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކުން ބޭނުންވާ މައުލޫމާތު ހޯދުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ދެ އިދާރާގައި މައްސަލަތައް ތަހުގީގުކުރާ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށާއި ތަމްރީނުދިނުމުގެ އިތުރުން ތަހުގީގުކުރުމުގައި ދެ އިދާރާއިން ވެސް ގެންގުޅޭ އުސޫލުތަކަށް އެ މުވައްޒަފުން އަހުލުވެރިކުރުވުމަށް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައްސަލަތަކުގެ ހެކި ނައްތާލައި، ގޭންގް ގުރޫޕްތަކަށް ރައްކާތެރިކަންދޭކަމުގެ ތުހުމަތު ފަރުހާދަށްޚަބަރު | 6 ގަޑިއިރު ކުރިންފުލުހުންގެ އިސް ބޭފުޅުންނާއި، އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުން ބައްދަލުކުރައްވައިފިޚަބަރު | 13 ގަޑިއިރު ކުރިން 48 ގަޑިއިރުތެރޭ 21 އުޅަނދު ޓޯކޮށް، 34 މީހުން ޖޫރިމަނާކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިން