logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީއަތުން ބަލިވެ މުޅި ޔޫރަޕު ފަތަޙަކުރަން ނިކުތް ލިވަޕޫލް ޔުނައިޓެޑަށްވުރެ ފަހަތުގައި

އަބްދުﷲ ޣާނިމް
10 ނޮވެމްބަރު 2025 - 05:07
ސިޓީއަތުން ބަލިވެ މުޅި ޔޫރަޕު ފަތަޙަކުރަން ނިކުތް ލިވަޕޫލް ޔުނައިޓެޑަށްވުރެ ފަހަތުގައި

މެންޗެސްޓާ ސިޓީން ވަރުގަދަ ލިވަޕޫލް 3-0 އިން ބަލިކޮށްފިއެވެ. މިއީ މިދިޔަ ސީޒަނުގެ ޗެންޕިއަންކަން ލިވަޕޫލަށް ލިބުނު ފަހުން އިނގިރޭސި ޓްރާންސްފާ ރެކޯޑް އެއް ސީޒަނެއްގައި ދެފަހަރަށް މުގުރާލުމަށްފަހު 400 މިލިޔަނަށްވުރެ ބޮޑު ޚަރަދުކޮށްގެން މުޅި ޔޫރަޕު ފަތަޙަކުރަން ނިކުތް ލިވަޕޫލަށް ހިތްދަތި ނަޖީޖާއެކެވެ.

ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗެވެ. މި މޮޅާއެކު ސިޓީ މިހާރު ވަނީ ލީގުގެ އެންމެ ކުރީގައި އޮތް އާސެނަލްއާ 4 ޕޮއިންޓަށް ފަރަޤު ކުޑަކޮށްފައެވެ. ލިވަޕޫލް މި ބައްޔާއެކު ވަނީ ލީގު ތާވަލުގެ އަށް ވަނައަށް ވެއްޓި، މެންޗެސްޓާ ޔުނައިޓެޑަށްވުރެ ފަހަތަށް ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. އެގޮތުން މެޗުގެ ކުރީކޮޅު ސިޓީގެ ހާލަންޑްއަށް ލިބުނު ޕެނަލްޓީއެއް ލިވަޕޫލްގެ ގޯލްކީޕަރު ގިއޯގީ މަވަރްދަޝްވިލީ ވަނީ މަތަކޮށްފައިވާއިރު، ހާލަންޑް ވަނީ 29 ވަނަ މިނެޓުގައި މެތިއުސް ނޫނޭސް ދިން ހުރަހަކުން ބޮލުން ގޯލު ޖަހައި ސިޓީއަށް ލީޑު ނަގައިދީފައެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ލިވަޕޫލުން ވާޖިލް ވެން ޑައިކް ގޯލެއް ޖެހި ނަމަވެސް އެންޑީ ރޮބަޓްސަން އޮފްސައިޑްގައި ހުރުމުން ވީއޭއާރުން އެ ގޯލު ބާތިލްކުރިއެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ނިކޯ ގޮންޒާލޭޒް ފޮނުވާލި ބޯޅަ ވެން ޑައިކްގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުން ސިޓީގެ ލީޑު ދެ ގޯލަށް ބޮޑުވިއެވެ.

ލިވަޕޫލްގެ އުންމީދުތައް މުޅިން ކަނޑުވާލީ 63 ވަނަ މިނެޓުގައި ޖެރެމީ ޑޯކޫއެވެ. މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑޯކޫ ވަނީ އިބްރާހިމާ ކޮނާޓޭ ކައިރިން ނައްޓާލުމަށްފަހު ބޯޅަ މަތީ ކަނަކަށް އަމާޒުކޮށްލައިފައެވެ. އޭގެ ފަހުން ޑޮމިނިކް ޝޮބޮސްލައި އާއި މުޙައްމަދު ސަލާޙްއަށް ލިވަޕޫލްގެ ފަރާތުން ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންދިޔަ ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މި މޮޅާއެކު ސިޓީ ވަނީ އިންޓަނޭޝަނަލް ބްރޭކްގެ ކުރިން ލީގުގެ ދެވަނައަށް އަރާފައެވެ. ލިވަޕޫލް ވަނީ މި ސީޒަންގައި ފަސް މެޗުން ބަލިވެ ލީގުގެ އަށް ވަނައަށް ވެއްޓިފައެވެ. ގާޑިއޯލާގެ 1000 ވަނަ މެޗަކީ އޭނާގެ ކެރިއަރުގައި ހަނދާނުގައި ހުންނާނެ މެޗެކެވެ؛ އެގޮތުން ގާޑިއޯލާ ވަނީ މިހާތަނަށް 716 މެޗު ކާމިޔާބުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީއަތުން ބަލިވެ މުޅި ޔޫރަޕު ފަތަޙަކުރަން ނިކުތް ލިވަޕޫލް ޔުނައިޓެޑަށްވުރެ ފަހަތުގައިކުޅިވަރު | 2 ގަޑިއިރު ކުރިންމަހަކަށްވުރެ ގިނަދުވަސްފަހުން ލިވަޕޫލަށް ލީގުގައި މޮޅެއް ލިބިއްޖެކުޅިވަރު | 8 ދުވަސް ކުރިންލިވަޕޫލުގެ މެނޭޖްމަންޓުން ސްލޮޓް އަށް ސަތޭކަޕަސެންޓް އިތުބާރު އެބައޮތް ކުޅިވަރު | 9 ދުވަސް ކުރިންކަރަބޯކަޕުން ކަޓައި ލިވަޕޫލުގެ ސަޕޯޓަރުންގެ ރިހޭފައިގައި ސްލޮޓް ހަވާދުލައިފިކުޅިވަރު | 11 ދުވަސް ކުރިން