logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލިވަޕޫލުގެ މެނޭޖްމަންޓުން ސްލޮޓް އަށް ސަތޭކަޕަސެންޓް އިތުބާރު އެބައޮތް

އަބްދުﷲ ޣާނިމް
1 ނޮވެމްބަރު 2025 - 06:20
ލިވަޕޫލުގެ މެނޭޖްމަންޓުން ސްލޮޓް އަށް ސަތޭކަޕަސެންޓް އިތުބާރު އެބައޮތް

ނަތީޖާ ވަރަށް ބޮޑަށް ދަށްވެފައިވާ މި ދަނޑިވަޅުގައި ވެސް ލިވަޕޫލްގެ އިސްވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް އެ ޓީމުގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ. ލިވަޕޫލް މި ވަގުތު އޮތީ ހުރިހާ މުބާރާތަކުން ވެސް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވެފައެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަތަރު މެޗު ވެސް ހިމެނެއެވެ. މި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.

މި ހަފްތާ މެދުތެރޭގައި ލިވަޕޫލް ވަނީ ކްރިސްޓަލް ޕެލަސް އަތުން ބަލިވެ ކަރަބާއޯ ކަޕުން ކަޓާފައެވެ. ނަމަވެސް، މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކްލަބުގެ ވެރިފަރާތް ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ) އިން އަދި މިހާތަނަށް ވެސް ސްލޮޓް މަގާމުން ވަކިކުރުމުގެ ވިސްނުމެއް ނުގެންގުޅެއެވެ. އެ ބޭފުޅުން ބޭނުންވަނީ ސްލޮޓަށް ވަގުތު ދީ، އެ ޓީމުގެ އާ ކުޅުންތެރިންނާއެކު މަސައްކަތްކޮށް، ދަތިތަކުން އަރައިގަތުމުގެ ފުރުސަތު ދިނުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްލޮޓް ވަނީ ކްލަބުގެ އިސްވެރިންނާ އެކު ކުރެވޭ މުއާމަލާތްތަކުގެ ޓޯން ބަދަލުނުވާ ކަމަށް ނޫސްވެރިންނަށް ވިދާޅުވެފައެވެ. އޭނާ ބުނީ، އޭނާގެ މައްޗަށް އެއްވެސް ޕްރެޝަރެއް ނެތް ކަމުގެ ރިޕޯޓްތަކާ ގުޅިގެން، ކްލަބުގެ އިސްވެރިން ވެސް ދެކެނީ އޭނާ ދެކޭ ގޮތަށް ކަމަށެވެ. "އެބޭފުޅުން ވެސް ވިދާޅުވަނީ އެއް ކަހަލަ ވާހަކަތައް. އަޅުގަނޑަށް ފެންނަ ކަންތައްތައް އެބޭފުޅުންނަށް ވެސް ފެނޭ. އަޅުގަނޑާ އެކު ކުރެވޭ ވާހަކަތަކަށް މާ ބޮޑު ބަދަލެއް ނާދޭ. އަބަދުވެސް ވާހަކަ ދައްކަނީ މެޗާ ބެހޭ ގޮތުން. މޮޅުވެފައި އޮތިއްޔާ ވާހަކަ ދައްކަން މާ މަޖާވާނެ، ބަލިވެފައި އޮތިއްޔާ ދައްކަން މާ އުނދަގޫވާނެ."

ސްލޮޓް އިތުރަށް ވިދާޅުވީ، ކްލަބުގެ އެއްބާރުލުން ލިބެނީ ހަމައެކަނި މި ދަތި ދަނޑިވަޅުގައި ނޫން ކަމަށާއި، ކަންކަން ރަނގަޅުވި ދުވަސްވަރު ވެސް އެ އެއްބާރުލުން ލިބުނު ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި އޭނާގެ ވިސްނުމަކީ 20 ނުވަތަ 21 ކުޅުންތެރިންގެ ސްކޮޑެއް ބެހެއްޓުމެވެ. އެއީ މާ ގިނަ ކުޅުންތެރިން ތިބި ނަމަ ސްކޮޑެއް ހަދަން ވެސް އުނދަގޫވާނެތީއެވެ. ނަމަވެސް އެ ކުޅުންތެރިން ފިޓްކޮށް ބެހެއްޓުމަކީ މުހިންމު ކަމެކެވެ.

މި ސީޒަނުގައި ލިވަޕޫލްގެ ސްކޮޑަށް ވަނީ ފިޓްނަސްގެ ގޮތުން ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ބްރިޓިޝް ރެކޯޑް އަގަށް ގެނައި އެލެކްސެންޑަރ އިސާކް ލިވަޕޫލަށް ބަދަލުވިފަހުން އަނިޔާގެ ސަބަބުން މާގިނަމެޗެއް ކުޅެވޭނެގޮތެއް ނުވިއިރު، އެލެކްސިސް މެކަލިސްޓަރ އާއި ރަޔަން ގްރެވެންބާޗް ފަދަ އެހެން މުހިންމު ކުޅުންތެރިންނަށް ވެސް ފިޓްކޮށް ހުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | 4 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | މަހެއް ކުރިންއަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | 2 މަސް ކުރިންލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓްކުޅިވަރު | 3 މަސް ކުރިން