logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ކުޅިވަރު

ކަރަބޯކަޕުން ކަޓައި ލިވަޕޫލުގެ ސަޕޯޓަރުންގެ ރިހޭފައިގައި ސްލޮޓް ހަވާދުލައިފި

އަބްދުﷲ ޣާނިމް
30 އޮކްޓޯބަރު 2025 - 04:13
ކަރަބޯކަޕުން ކަޓައި ލިވަޕޫލުގެ ސަޕޯޓަރުންގެ ރިހޭފައިގައި ސްލޮޓް ހަވާދުލައިފި

އިސްމާއިލާ ސާރ ދެ ގޯލު ޖަހައި، ކްރިސްޓަލް ޕެލަސް އިން ލިވަޕޫލްގެ ދަނޑުގައި އެޓީމުބަލިކޮށް، ލީގު ކަޕުން އެޓީމު އަލްވަދާޢުކިޔައިފިއެވެ. މިއާއެކު ލިވަޕޫލް އެންމެ ފަހުން ކުޅުނު 7 މެޗުގެ ތެރެއިން 6 މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

މޮޅުވާން މަޖުބޫރު މެޗެއްގެ ގޮތުގައި ނިކުން މިމެޗުގައި ސްލޮޓް ވަނީ ފުރަތަމަ 11 ގެ ގިނަ ކުލުންތެރިންނަށް ރެސްޓް ދީފައެވެ. ބަލިވުމުގެ ސިލްސިލާ އޮތް ލިވަޕޫލް މިމެޗުގައި މުހިންމު ގިނަ ކުޅުންތެރިން ފުރަތަމަ 11 ގައި ނުހިމެނުން ލިވަޕޫލްގެ ސަޕޯޓަރުން ފާހަގަކުރީ ގަސްތުގައި ދިން އަނިޔާއެއްގެގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިމެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ޕެލަސްގެ ފޯވަޑް ސާރ ދެ ގޯލު ޖެހިއިރު، މެޗުގެ ފަހުކޮޅު ޔެރެމީ ޕީނޯ ވަނީ އިތުރު ގޯލެއް ޖަހައި ޕެލަސްގެ މޮޅުވުން ކަށަވަރުކޮށްދީފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ ލިވަޕޫލުގެ ބަލިވުމުގެ ސިލްސިލާ ފެށިފައިވަނީ މިދިޔަމަހުގެ ފަހުކޮޅުގައި ލީގުގައި ޕެލަސް އަތުން ބަލިވެގެންނެވެ. މީގެ އިތުރުން އޮގަސްޓް މަހު ކުޅުނު ކޮމިއުނިޓީ ޝީލްޑްގައި ވެސް ސްލޮޓްގެ ޓީމު ވަނީ ޕެލަސް އަތުން ބަލިވެފައެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު ލިވަޕޫލްގެ ޑިފެންސް ފުނޑުފުނޑުވެގެން ދިޔަ އިރު، އެއަށްވުރެ ކުރިން ފެޑެރިކޯ ކިއޭސާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ނަމަވެސް، ލިވަޕޫލްގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތައް އަނެއްކާވެސް ފެންނަން ފެށިއެވެ. 41 ވަނަ މިނެޓުގައި ޖޯ ގޯމޭޒަށް ފައިތައް އެއްކޮށް ކޮންޓްރޯލް ނުކުރެވުމުން، ސާރ ވަނީ ފުރަތަމަ ފަހަރުން ބޯޅަ ތިރީ ކަނަށް ފޮނުވާލައި ލަނޑު ޖަހާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާރ އާއި ޕީނޯ ގުޅިގެން ރަނގަޅު ކުޅުމެއް ދެއްކުމަށްފަހު، ޕެލަސްގެ ކުޑައިރުގެ ސަޕޯޓަރެއް ކަމަށްވާ ލިވަޕޫލްގެ ޑެބިއުޓް ކީޕަރު ފްރެޑީ ވުޑްމަން ކައިރިން ވަރަށް ހަމަޖެހިލާފައި ސާރ ވަނީ ދެވަނަ ގޯލު ޖަހާފައެވެ.

ދެވަނަ ހާފުގައި ލިވަޕޫލްގެ ފަރާތުން މާ ބޮޑު ކަމެއް ފެންނަން ނެތް އިރު، މެޗުގެ 79 ވަނަ މިނެޓުގައި ރެފްރީ ވަނީ ިލިވަޕޫލުގެ ނެއްލޯ އަށް ރަތް ކާޑު ދައްކާފައެވެ. އެއަށްފަހު ޕީނޯ ވަނީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ހަމަޖެހިލާފައި ތިރީ ކަނަށް ބޯޅަ ފޮނުވާލައި ޕެލަސްގެ ތިން ވަނަ ގޯލު ޖަހާފައެވެ.

މިބައްޔާއެކު މިދިޔަ އަހަރުގައި ލީގުތަށިނެގި ސްލޮޓް އާއި ދެކޮޅަށް ލިވަޕޫލުގެ ސަޕޯޓަރުން ދަނީ ޝުޢޫރުފާޅުކުރަމުންނެވެ. އަދި ކުރިޔަށް އޮތް ދެމެޗުގައި ލިވަޕޫލް އެސްޓަން ވިލާ އާއި ރެއާލް މެޑްރިޑްއާއި ވާދަކުރަންޖެހޭއިރު، މިމެޗުން ނަތީޖާ ނިކުންނަ ގޮތަކުން ސްލޮޓްގެ ލިވަޕޫލް ކެރިއަރަށް އަސަރުކުރާނެކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަހަކަށްވުރެ ގިނަދުވަސްފަހުން ލިވަޕޫލަށް ލީގުގައި މޮޅެއް ލިބިއްޖެކުޅިވަރު | ދުވަހެއް ކުރިންލިވަޕޫލުގެ މެނޭޖްމަންޓުން ސްލޮޓް އަށް ސަތޭކަޕަސެންޓް އިތުބާރު އެބައޮތް ކުޅިވަރު | 2 ދުވަސް ކުރިންކަރަބޯކަޕުން ކަޓައި ލިވަޕޫލުގެ ސަޕޯޓަރުންގެ ރިހޭފައިގައި ސްލޮޓް ހަވާދުލައިފިކުޅިވަރު | 4 ދުވަސް ކުރިން400 މިލިޔަން ޑޮލަރު ޗޮކުން، ޗެންޕިއަން ލިވަޕޫލް ލީގުގައި ޖެހިޖެހިގެން ހަތަރު ބަލިވެއްޖެކުޅިވަރު | 8 ދުވަސް ކުރިން