logo
Bank of Maldives

Bank of Maldives

ޚަބަރު

ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކޮށްފި

އާމިނަތު ޝަފާ
10 ނޮވެމްބަރު 2025 - 06:10
ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކޮށްފި

ހުޅުމާލޭގައި ހިނގި ކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހުންގެ ބަންދު މުއްދަތުދީފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގުން ދުއްވާފައި ދިޔަ ކާރެއްގެ ކުރިމަތިން އައި އެހެން ކާރަކުން ނައްޓައި، ދާންއުޅުމުގެ ތެރޭގައި ކޮންޓްރޯލުނުވެ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ އަދި ފިހާރައެއްގެ ބިއްލޫރިގަނޑުގައި ކާރު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓުވި ކާރު ދުއްވި ހ. ބްލޫލޫން / މާލެ، މުޙައްމަދު ޖައުޝަން (29އ) އާއި އެ ކާރުގެ ކުރީ ސީޓުގައި އިން މ. ފަންއަރި / މާލެ، އަޙްމަދު އައުސަމް ޙަނީފް (26އ) އެވެ. މި ދެމީހުން ވެސް ހައްޔަރުކުރިއިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތުކުރެވެއެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. މައްސަލައިގައި ހިމެނޭ ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ އެކްސިޑެންޓު ހިނގި ވަގުތު އެ ސަރަހައްދުންނެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ޝާމިލުވާ ކާރު ދުއްވަން އިން މީހާ އިނީ މަސްތުގެ ހާލަތުގައިކަމަށް ތުހުމަތުކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ބޮޑު ވައްކަން: ދެ މީހަކު ކުށަށް އިއުތިރާފްވެއްޖެޚަބަރު | 6 ގަޑިއިރު ކުރިންޝިފާންގެ ރެކޯޑުތަކަކަށް އެހެން އޭސީޕީއަކު ބަދަލު ގެނައިކަމަށް ތުހުމަތުކޮށް މައްސަލަ ބެލުމަށް ހުށަހަޅައިފި ޚަބަރު | 10 ގަޑިއިރު ކުރިންކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކޮށްފިޚަބަރު | 11 ގަޑިއިރު ކުރިންމައްސަލަތަކުގެ ހެކި ނައްތާލައި، ގޭންގް ގުރޫޕްތަކަށް ރައްކާތެރިކަންދޭކަމުގެ ތުހުމަތު ފަރުހާދަށްޚަބަރު | ދުވަހެއް ކުރިން