ސިނގިރޭޓް ބޮޑު ވައްކަން: ދެ މީހަކު ކުށަށް އިއުތިރާފްވެއްޖެ
10 ނޮވެމްބަރު 2025 - 10:18

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި މައްސަލައަކީ ބޮޑު އަދަދެއްގެ ސިނގިރޭޓް ގެއްލުނު މައްސަލައެއް ކަމަށްވާއިރު، މިކަމާ ގުޅިގެން ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ކުށަށް އިއުތިރާފް ވެފައި ވަނީ އެމްޕީއެލްގެ ދެ މުވައްޒަފެކެވެ. ނަމަވެސް، މިކަމާ ގުޅޭ ރަސްމީ މަސްދަރަކުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
Cigarette vakkan: Hayyarukuri 9 meehunge thereyn 6 meehaku shareeaiy nimendhen bandhukoffi | Mendhuru TvTikTokYouTubeInstagramXFacebook
މި ސިނގިރޭޓްތައް ހުރީ ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި އެތެރެކުރި ވަގު ސިނގިރޭޓްތަކުގެ މައްސަލައާ ގުޅިގެން މިހާރު ތަހުގީގު ކުރިއަށްދާއިރު، އެމްޕީއެލްގެ ޖުމްލަ ހަ މުވައްޒަފަކު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައެވެ.
އެންމެ ފަހުން ހައްޔަރުކުރި ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ޝަމީމް އާއި ހުސައިން ސާމިހް މިހާރު ތިބީ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.


