logo
މެދު އިރުމަތީގެ ހާލަތާ ގުޅިގެން ދިވެހި ސަރުކާރުން ހާއްސަ ކޮމިޓީއެއްBank of Maldives

Bank of Maldives

ޚަބަރު

ތައިލޭންޑުން މާލެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފި

ޒިދާން މުޙައްމަދު
1 މާރިޗު 2026 - 10:04
ތައިލޭންޑުން މާލެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފި

ރާއްޖޭގެ ފުޓުބޯޅަ އިދާރާ، އެފްއޭއެމްގެ ކުރީގެވެރިން ހިންގި ހިޔާނާތުގެ މައްސަލައާއި ގުޅިގެން ތަހުގީގަށް ހޯދަމުންދިޔަ އެފްއޭއެމްގެ އޭރުގެ އެކައުންޓްސް ޑިޕާޓްމެންޓްގެ ހެޑް މުޙައްމަދު އަގީލް ރާއްޖެ ގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި އޭނާ މާލެ ގެނައީ ތައިލޭންޑުގައި ހުއްޓާ 21 ފެބުރުއަރީގައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށް އަގީލް ބަންދުކޮށްފައިވަނީ 22 ފެބުރުއަރީގައެވެ.

ފިލައިގެން ތައިލޭންޑްގައި އުޅެނިކޮށް އަގީލް ރާއްޖެ ގެނެސްފައިވާއިރު، އޭނާއަކީ ފީފާއިން އެފްއޭއެމަށް ފޮނުވި 1.2 މިލިއަން ޑޮލަރަށް ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ހިޔާނަތްތެރިވި މައްސަލައިގައި ހިމެނޭ މީހެކެވެ. ޕީޖީ އޮފީހުން ބުނީ އަގީލްގެ މައްޗަށް ކުރާ ދައުވާއަކީ މަނީ ލޯންޑަރ ކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ 19 ޖެނުއަރީ 2025 ގައި ކަމަށެވެ.

އަގީލު ކޯޓަށް ހާޒިރުނުކުރެވިގެން ބެލިއިރު އޭނާ ރާއްޖޭގައި ނެތުމުން ފުލުހުން ގެންދިޔައީ އޭނާ ފޮޓޯ އާންމުކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ތައިލޭންޑްގެ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައިގެންނެވެ. ބައްސާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެންވެސް އާގިލް ކޯޓަށް ހާޒިރުކުރުމަށް އެތައް ފަހަރެއްގެ މަތިން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އޭނާ ކޯޓަށް ހާޒިރުނުވުމުން ބައެއް އަޑުއެހުންތައް އޭރު ކެންސަލްވެސް ކުރިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލޭންޑުން މާލެ ގެނެސް ޝަރީއަތް ނިމެންދެން ޢަޤީލް ބަންދުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންރަމަޟާން މަހު އެކްސިޑެންޓުތަކުގެ އަދަދު އިތުރު: ފުލުހުންޚަބަރު | 3 ދުވަސް ކުރިންމުވައްޒަފުންތަކެއްގެ މުސާރަ އޮޅިގެން ހަވާލުކުރެވުނީ އެހެން މީހަކާ، ހޯދައި ވެރިފަރާތާއި ހަވާލުކޮށްފިޚަބަރު | 4 ދުވަސް ކުރިން