logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ކުޑަ ކުއްޖަކު މަރުވި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން ޒުވާނާ ދޫކޮށްލައިފި

ޒިދާން މުޙައްމަދު
27 ފެބްރުއަރީ 2026 - 06:26
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު

ސައިކަލެއް ކޮންޓްރޯލް ނުވެ މި ހަފުތާގައި މާލޭގައި ހިނގި އެކްސިޑެންޓްގައި އެ ސައިކަލު ދުއްވި ދުއްވި ޒުވާނާ ދޫކޮށްލައިފިއެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހުއެވެ.

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވާރު މައްޗަށް އަރައިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވީ ސައިކަލު ދުއްވަން އިން 19 އަހަރުގެ ފިރިހެން މީހާ އާއި ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށެވެ. މި ހާދިސާގައި 16 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ އެ ކެޓަގަރީގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެއްގަމު އުޅަނދު އެކްސިޑެންޓްވުމުގެ މައްސަލައިގައި މުހައްމަދު އާދިން އާރިފް (19އ) ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ޝަރުތުކޮށް ބަންދުކޮށް ދޫކޮށް ދިނުމަށް އެދިފައެވެ.

އެ ގޮތުން އެކަން ހިނގާފައިވާ ކަމަށާއި ނަމަވެސް އެކަން ހިނގީ ގަސްދުގައި ނޫން ކަމަށްވެސް މުހައްމަދު އާދިން ވަނީ ބުނެފައެވެ.

މުހައްމަދު އާދިން ބުނީ ދެ ރައްޓެހިން ސައިކަލުގައި ދަނިކޮށް މި ހާދިސާ ހިނގީ ކަމަށާއި މިކަން ހިނގީތީ ހިތާމަކުރާ ކަމަށެވެ. އަދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި ހަރުކަށި ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލުމަށް ދިފާއުން އެދުނެވެ.

ތުހުމަތު ކުރެވޭ މީހާއަށް ލިބިފައިވާ އަނިޔާތަކަށްވެސް ރިއާޔަތްކޮށް ހަރުކަށި ޝަރުތުތަކާއެކު ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދޭނަމަ ބަންދުން ދޫކުރުމަށް ފުލުހުން އިއުތިރާޒު ނުކުރާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކުރިއެވެ.

އެހެންވެ ޝަރުތުތަަކަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމިއިރު ޝަރުތު ކުރެވިފައިވާ މުއްދަތުގައި ޝަރުތަކާ ހިލާފުވެއްޖެނަމަ އަލުން ބަންދުކުރުމުގެ އިހުތިޔާޒު ފުލުހުންނަށް ލިބިގެންވާ ކަމަށް ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދެނީޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ތަރުޖަމާން ކަމުން ޝިފާން ވަކިކޮށް، އާރިފް އައްޔަން ކޮށްފިޚަބަރު | 2 ދުވަސް ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިން