ދަނާލުގައި ޒުވާނަކު ނިޔާވި ހާދިސާ: ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފި
21 އޭޕްރީލު 2026 - 16:37

2026 އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާގެ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތައް ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
އެ ޚިދުމަތުން ބުނީ އެ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގުކުރަމުން ކަމުގައެވެ.. މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ޚިދުމަތުން ތަކުރާރުކުރިއެވެ.

Ad by Hajj Corporation
ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން އެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރިއެވެ.


