logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ ޢަމަލު ހިންގި ފިރިހެނަކު 18 އަހަރަށް ޖަލަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޭޕްރީލު 2026 - 16:22
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި 18 އަހަރަށް ޖަލަށްލީ މީހާ، ފޮޓޯ: ޕޮލިސް
ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގި މައްސަލައެއްގައި 18 އަހަރަށް ޖަލަށްލީ މީހާ، ފޮޓޯ: ޕޮލިސް

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް، ޝަރީއަތަށް ހުށަހެޅި މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ ޏ. ފުވައްމުލައް، ފުނާޑު.ނަވާ، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ (ގާނޫނު ނަންބަރު 12/2009) ދަށުންނެވެ.

ފުލުހުންގެ ޚިދުމަތަށް މި މައްސަލަ ހުށަހެޅުމާއެކު ފެށި ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 19 ވަނަ ދުވަހު ކޯޓުން ވަނީ ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން، މި ކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ 18 އަހަރަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން، މި މައްސަލައާ ގުޅިގެން އޭނާ ބަންދުގައި ހުރި 1 އަހަރާއި 7 މަހާއި 9 ދުވަސް ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ ބާކީ މުއްދަތަކީ 16 އަހަރާއި 4 މަހާއި 21 ދުވަހެވެ.

މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ހުއްޓުވައި، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކާމިޔާބު ކުރެވުނު މައްސަލައެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ. އަދި މިފަދަ ކުށްތަކުން ނާޒުކު ފަރާތްތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަނާލުގައި ޒުވާނަކު ނިޔާވި ހާދިސާ: ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިން18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައެއްގެ ތަހުގީގު ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާއެކު ޖިންސީ ޢަމަލު ހިންގި ފިރިހެނަކު 18 އަހަރަށް ޖަލަށްޚަބަރު | ގަޑިއިރެއް ކުރިންމަސްހިފަން މޫދަށް އެރި އުޅުނު ޒުވާނަކު ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިން