logo
Bank of Maldives

Bank of Maldives

ޚަބަރު

މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ޒިދާން މުޙައްމަދު
22 އޭޕްރީލު 2026 - 17:47
މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ. މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހު ނައްތާލައިފައި ވަނީ 1049 ފުޅި ބަނގުރަލާއި، 437 ދަޅު ބަނގުރަލުގެ އިތުރުން ބަނގުރާ އަޅާފައިހުރި ހަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަކެއްޗަކީ 2025 އެޕްރީލް 14 އިން ފެށިގެން 2026 އެޕްރީލް 19 ގެ ނިޔަލަށް މާމިގިލީ، ވިލާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެހެނިހެން މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުމުގެ މަސައްކަތް މާމިގިލީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާމިގިލީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިޚަބަރު | ގަޑިއިރެއް ކުރިންއެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންމިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 50 އެކްސިޑެންޓު ޚަބަރު | 14 ގަޑިއިރު ކުރިންދަނާލުގައި ޒުވާނަކު ނިޔާވި ހާދިސާ: ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފިޚަބަރު | ދުވަހެއް ކުރިން