logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

މަރިޔަމް މާޙީ
22 އޭޕްރީލު 2026 - 05:32
އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި

އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ދޮގުކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވުން ހިނގަމުންދިޔަ ސަރަހައްދުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންދެވުނު މީހާއަށް އަނިޔާވީ ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާ، އެ މީހާއަށް އަނިޔާ ލިބުމާ ނުވަތަ ހާލު ދެރަވުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ. އަދި އެ މީހާއަށް ދިމާވި ހާދިސާއަކީ ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫން ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުންގެ މުއައްސަސާއިން ވަނީ ދީފައެވެ.

ފުލުހުން އިތުރަށް ބުނީ، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށެވެ.

އެހެންކަމުން، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް ކަމާބެހޭ އިދާރާތަކަށާއި، މީޑިއާތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި ހާދިސާ ހިނގާފައިވަނީ ސަރުކާރާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ އެއްވުމުގައި މީހަކަށް އަނިޔާވީ ފުލުހުންގެ ސަބަބުން ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމިދިޔަ ހަފްތާގައި މާލެ ސަރަހައްދުގައި 50 އެކްސިޑެންޓު ޚަބަރު | 2 ގަޑިއިރު ކުރިންދަނާލުގައި ޒުވާނަކު ނިޔާވި ހާދިސާ: ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ވާހަކަތައް ނުފަތުރަން އިލްތިމާސްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިން18 އަހަރުގެ އަންހެނަކު ނިޔާވި މައްސަލައެއްގެ ތަހުގީގު ފަށައިފިޚަބަރު | 15 ގަޑިއިރު ކުރިން