logo
ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، 19 އަހަރުގެ ޒުވާނެއް ނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، 19 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ

ޢައްފާން މުޙައްމަދު
10 ނޮވެމްބަރު 2025 - 19:26
ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، 19 އަހަރުގެ ޒުވާނެއް ނިޔާވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެކަކު ނިޔާވިކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

ނިޔާވެފައި ވަނީ ކ. ދިއްފުށި، ލައިޓް ގާޑަން އުމުރުން 19 އަހަރުގެ އިސްބާޢީލް ރަޔާން ބިން ނާޒިމްއެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި، އެ ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި އަނިޔާތައް ލިބިފައެވެ. އެ ހާދިސާގައި އަނިޔާވި އަނެއް ދެ މީހުންނަކީ ފިރިހެނުން ކަމަށާއި އެ މީހުންގެ ހާލު ސްޓޭބަލް ކަމަށް އެނގިފައިވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ދެ ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް 2 ގައި ނުރައްކާތެރި އެކްސިޑެންޓެއް، 19 އަހަރުގެ ޒުވާނެއް ނިޔާވެއްޖެޚަބަރު | 2 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑު ވައްކަން: ދެ މީހަކު ކުށަށް އިއުތިރާފްވެއްޖެޚަބަރު | 12 ގަޑިއިރު ކުރިންޝިފާންގެ ރެކޯޑުތަކަކަށް އެހެން އޭސީޕީއަކު ބަދަލު ގެނައިކަމަށް ތުހުމަތުކޮށް މައްސަލަ ބެލުމަށް ހުށަހަޅައިފި ޚަބަރު | 15 ގަޑިއިރު ކުރިންކާރު އެކްސިޑެންޓުގައި ހައްޔަރުކުރި މީހުން 15 ދުވަހަށް ބަންދުކޮށްފިޚަބަރު | 16 ގަޑިއިރު ކުރިން