logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ޚަބަރު

ކާށިދޫ ފަރަށް ބޯޓެއް އެރި ހާދިސާ: ގެެއްލުނު މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ނޮވެމްބަރު 2025 - 02:38
''ފައިސަލާ'' ބޯޓު ފަރަށް އަރާފައި، ފޮޓޯ: ޕޮލިސް
''ފައިސަލާ'' ބޯޓު ފަރަށް އަރާފައި، ފޮޓޯ: ޕޮލިސް

ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައި ވަނީ އަންގާރަ ދުވަހުގެ ރޭ 19:52 ހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފެށިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިނގައިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ހަރަކާތްތެރިވާންފެށިކަމަށް އެމްއެންޑީއެފުން ބުނީ އަންގާރަ ދުވަހުގެ ރޭ 10:37 ހާއިރުއެވެ.

މި ހާދިސާ ހިނގާފައި ވަނީ 'ފައިސަލާ' ބޯޓު ކާށިދޫ އަށް ވަންނަން ދަނިކޮށް އެ ރަށު ނެރު ބޭރުން ފަރަށް އަރައިގެންކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓުން 11 މީހުން ދަތުރުކުރަމުން ދިޔަކަމަށެވެ، އަދި އޭގެތެރެއިން 10 މީހުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ސަލާމަތްކޮށްފައިވާކަމަށެވެ.

މިހާދިސާގެ އަޕްޑޭޓް ދެމުން އަންގާރަ ދުވަހުގެ ރޭ 23:41 ހާއިރު ފުލުހުން ބުނީ  ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ބޯޓު ފަރަށް އެރި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

އެމީހާ ކާށިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފަވެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް (30އ)އެވެ.

ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި ހަރު މުދާތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވާން އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީއަލީ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 5 މިނިޓު ކުރިންލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީޚަބަރު | 3 ގަޑިއިރު ކުރިންފީނަން ގޮސް އުޅުނު ނޭޕާލް މީހެއް މަރުވެއްޖެޚަބަރު | ދުވަހެއް ކުރިންމިދިޔަ ހަފުތާގައި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ އޮންލައިން ވިޔަފާރީގެ ސްކޭމްތައްޚަބަރު | 2 ދުވަސް ކުރިން