ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުުރުވެރިން
13 ނޮވެމްބަރު 2025 - 05:36

އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ ޖުމުލަ 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

Ad by Hajj Corporation
އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން ރާއްޖެއަށް މުޅި ޖުމްލަ 300,352 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމުލަ ފަތުރުވެރިންގެ 15 އިންސައްތަ ހިއްސާކުރަނީ ޗައިނާ ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:
ޗައިނާ – 300,352 ފަތުރުވެރިން
ރަޝިއާ – 239,004 ފަތުރުވެރިން
އިނގިރޭސިވިލާތު – 168,597 ފަތުރުވެރިން
ޖަރުމަންވިލާތު – 141,739 ފަތުރުވެރިން
އިޓަލީވިލާތު – 124,406 ފަތުރުވެރިން
މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.


