logo
MPL

MPL

ޚަބަރު

ސަޢުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

އައިޝަތު ނަޝާ
13 ނޮވެމްބަރު 2025 - 17:10
ސަޢުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފި

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލްޤަހްތާނީ ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގައެވެ. މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި، ޙައްޖާއި ޢުމްރާއާ ގުޅުވައިގެން ސަޢޫދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ ތަޞައްވުރު 2030 އިން ހޯދާފައިވާ ކާމިޔާބީތައް މީޑިއާތަކުގެ މަންދޫބުންނާ ވަނީ ހިއްސާކުރައްވާފައެވެ.

ހަމައެހެންމެ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ފަރާތްތަކަށް ބޭނުންވާ ތަފާތު އިންތިޒާމްތައް ހަމަޖެއްސުމަށާއި، ޚިދުމަތްތައް ފަސޭހަކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ސަފީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަޢުދީ އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ސަފީރު ވަނީ މި ބައްދަލުވުމުގައި ބައިވެރިވި މީޑިއާތަކާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ ފައިޞަލް އަލް-ސެލީއާއި، ސަޢުދީ އެމްބަސީގެ މީޑިއާ ސެކްޝަންގެ އިސްވެރިޔާ ވަލީދު އަލް-ދޮސާރީ ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter



ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ. ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ކުރާނެ ކަންކަމާއި ގުޅޭގޮތުން ސައުދީ އަރަބިއްޔާއާ މަޝްވަރާ ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންސަޢުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފިޚަބަރު | 9 މަސް ކުރިން