logo
E-Platinum
Business

ބޭންކް ފަންޑުގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައް ހޮވައިފި

އާމިނަތު ޝަފާ
2 އޮކްޓޯބަރު 2024 - 12:29
ބޭންކް ފަންޑުގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައްވަނީ ހޮވާފައި// ފޮޓޯ: ބީއެމްއެލް
ބޭންކް ފަންޑުގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައްވަނީ ހޮވާފައި// ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ޖަމިއްޔާތައް ބާރުވެރިކުރުމަށާއި ރާއްޖޭގައި ދެމެހެއްޓެނެވި ތަރައްގީގެ މަޝްރޫއުތައް ކުރިއެރުވުމަށް އަމާޒުކޮށް ތައާރަފްކުރި 'ބޭންކް ފަންޑް' ގެ ފުރަތަމަ އަހަރުގެ ފަންޑިން ލިބޭ ފަރާތްތައް ހޮވައިފިއެވެ.

މިއަހަރުގެ ބޭންކް ފަންޑް ކާމިޔާބުކުރި ފަރާތްތަކަކީ:

މުރަކަ ފާމް : ކަނޑުގެ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ، ބ. ދަރަވަންދޫގައި މުރަކަ އާލާކުރުމުގެ މަޝްރޫއު.

ޗިލްޑްރަން އޮފް މޯލްޑިވްސް: ތިމާވެއްޓާމެދު ޝައުވެރިކަން އުފައްދައ،ި ހޭލުންތެރިކޮށް އިލްމީ މައުލޫމާތު ފޯރުކޮށްދިނުމަށް ވިލިމާލޭގައި ލައިބްރަރީއެއް ގާއިމްކުރުން.

ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން: ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އާދަތަކާއެކު ހިންގާ ދަނޑުވެރިކަމުގެ މަޝްރޫއެއް.

ވޭމަންޑޫ ޒުވާނުންގެ ގުޅުން: ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ތ. ވޭމަންޑޫ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތަކަށް ޓްރެއިނިންގ ރޫމެއް ގާއިމްކުރުން

ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ޓެކްނޮލޮޖީ އަދި ކުޅިވަރުގެ ޒަރިއްޔާއިން ޒުވާނުން ބާރުވެރިކުރުމަށް ށ. ފުނަދޫ ސްކޫލުގައި މީޑިއާ އަދި ކުޅިވަރު ލެބްތަކެއް ތަރައްގީކުރުން .

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ ބޭންކް ފަންޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޖަމިއްޔާތަކާއެކު މަސައްކަތްކުރުމަށް ބޭންކުން ކުރާ މަސައްކަތުގެ ވަރަށް ފުރިހަމަ މިސާލެއްކަމަށެވެ.

މި ފަސް ޕްރޮޖެކްޓުން އަޅުގަނޑުމެންގެ މުޖުތަމައުއަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނ.ެ އަދި ޕްރޮޖެކްޓްތަކަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް

ބޭންކް ފަންޑަކީ ކޮންމެ އަހަރަކު ފަސް މަޝްރޫއަކަށް 200،000 (ދެ ލައްކަ) ރުފިޔާގެ ހިލޭ އެހީ ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މުޖުތަމައުތައް ބާރުވެރިކުރުވައ،ި ދިވެހިރާއްޖޭގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ބީއެމްއެލް އިން އަބަދުވެސް ނުހަނު ބޮޑު އަހުމިއްޔަތުކަމެއް ދެމުންދާނެކަމަށް ބޭންކުން މައުލޫމާތުދެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސްކެޓްބޯޅަ ކުރިއެރުވުމަށް ބީއެމްއެލް އިން އެމްބީއޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިންއެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް: ބީއެމްއެލްޚަބަރު | 8 ދުވަސް ކުރިންބީއެމްއެލްގެ ބޭންކް ފަންޑް ލިބޭ 5 ޖަމްޢިއްޔާ ހޮވައިފިޚަބަރު | 10 ދުވަސް ކުރިންއެމްއެސްއެމްއީ ދާއިރާއަކީ އިގްތިސާދީ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް : ޝަރީފްޚަބަރު | 10 ދުވަސް ކުރިން