logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދުގެ ނިޔަލަށް ބަޔޯމެޓްރިކް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލާނަން: ރައީސް

ޢައްފާން މުޙައްމަދު
15 ނޮވެމްބަރު 2025 - 05:34
މިއަދުގެ ނިޔަލަށް ބަޔޯމެޓްރިކް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލާނަން: ރައީސް

ރާއްޖެއަށް ކުރިމަތިވެފައިވާ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ތެރޭގައި ހިމެނޭ، ބިދޭސީންގެ ބަޔޯމެޓްރިކްސް އެއްކުރުމުގެ މަސައްކަތުގައި ބައިވެރިނުވާ ނުވަތަ ބަޔޯމެޓްރިކް ނުދޭ ބިދޭސީން، މާދަމާއިން ފެށިގެން ޑީޕޯޓުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުން "ދިވެހިންގެ ރާއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބިދޭސީންގެ މައްސަލައަކީ ކޮންމެ ސަރުކާރެއްގައިވެސް އޮތް މައްސަލައެއްކަމަށެވެ. ނަމަވެސް މިއީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވުނު މައްސަލައެއްކަމަށާއި ނަމަވެސް މި ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފެށިއިރު ބިދޭސީންގެ ތަފާސްހިސާބެއް ނެތްކަމަށެވެ. ނަމަވެސް ސަރުކާރުން ފެށި މަސައްކަތުން މިހާތަނަށް 191،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަޅުގަނޑުމެން މި މަސައްކަތް ފެށިއިރުގައި، ކިތައް މީހުންކަމެއް ނޭނގެ ބިދޭސީންގެ ތިބީ (މި ގައުމުގައި). އެއްވެސް ތަފާސްހިސާބެއް، މައުލޫމާތެއް ނެތް. އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާ ހަމައަށް އައި އިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާ، މި މީހުން ތިބީ ކޮން ތަނެއްގައި ކަމާ މި ހުރިހާ ކަމެއް. މާދަމައަށް ( 15 ނޮވެމްބަރު 2025) އަށް މި ހަމަވަނީ މުއްދަތު. މާދަމައާ ހަމައަށް ރަޖިސްޓްރީ ނުވާ ނުވާ ނުވަތަ ބަޔޮމެޓްރިކް ނުދޭ ބިދޭސީއަކު، އަނެއް ދުވަހުން ފެށިގެން (16 ނޮވެމްބަރު 2025) ފަށާ އޮޕަރޭޝަންގައި ފެނިއްޖެއްޔާ ވަގުތުން ޑީޕޯޓުކުރާގޮތަށް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސްގެ ވާހަކަފުޅުގައި، ފާއިތުވީ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ. އެގޮތުން ގާނޫނާ ޚިލާފުވާ ބިދޭސީންނަށް، އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ވަގުތުން ފިޔަވަޅު އަޅާފައިވާކަން އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވެ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ނުގަވައިދުން އުޅުނު މީހުންނާއި އެކި ކުއްކުރި މީހުންނާއި ރެގިއުލަރައިޒްކުރަން ބޭނުންނުވާ މީހުންނާއި ހުރިހައި އެންމެން އެއްކޮށްގެން 9021 ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށެވެ. މިއީ އޭގެ ކުރީ ސަރުކާރަށްވުރެ %143 އިތުރު އަދަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުގެ ނިޔަލަށް ބަޔޯމެޓްރިކް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލާނަން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް ދެމިތިބޭނީ ފަލަޞްޠީނުގެ އަޚުންނާއި އުޚުތުންނާއެކު: ރައީސްޚަބަރު | 3 ގަޑިއިރު ކުރިން13000 އަށްވުރެ ގިނަ ރައްޔިތުން ނުކުމެ މިދިނީ ވަރުގަދަ މެސެޖެއްރިޕޯޓް | 7 ގަޑިއިރު ކުރިންރަަަމަޟާން މަހުގެ ކަަރަންޓު ބިލް 400 ރުފިޔާ އަށް ވުރެ ބޮޑެއް ނުވާނެ: ރައީސްޚަބަރު | 14 ގަޑިއިރު ކުރިން