logo
Bank of Maldives

Bank of Maldives

ޚަބަރު

ޒުވާނުންގެ އެދުމުގެ މަތިން މަންދޫއަށް ވަޑައިގެން ރައީސް އެ ރަށުގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ޢައްފާން މުޙައްމަދު
15 ނޮވެމްބަރު 2025 - 14:07
ޒުވާނުންގެ އެދުމުގެ މަތިން މަންދޫއަށް ވަޑައިގެން ރައީސް އެ ރަށުގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އދ. މަންދޫ ޒުވާނުންގެ ދައުވަތަކަށް އެރަށަށް ވަޑައިގެން އެރަށު ފުޓްސަލް ދަނޑު މިއަދު ހަވީރު ހުޅުވައިދެއްވައިފިއެވެ.

މަންދޫ ޒުވާނުންގެ ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މަންދޫއަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. މަންދުއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން ރަށު ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަންދޫގެ ފުޓްސަލް ދަނޑަކީ ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު މަންދުއަށް ވަޑައިގަތުމުން، ރަށުގައި ފުޓްސަލް ދަނޑެއް ތަރައްޤީކޮށްދެއްވައި މި ނޮވެންބަރު މަހުގެ ނިޔަލަށް ނިންމަވައިދެއްވުމަށް ރަށުގެ ރައްޔިތުން އެދިވަޑައިގެންނެވުމުން އެކަމަށް އިޖާބަދެއްވައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ހަވާލުކުރައްވައިގެން ކުރު މުއްދަތެއްގެ ތެރޭގައި ތަރައްޤީކުރައްވައި، ލައިޓް ޖަހައި، ފުރިހަމަކުރައްވައި ނިންމެވި ދަނޑެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިއަދު މަންދޫއަށް ކުރެއްވި ދަތުރުފުޅަކީ މި ފުޓްސަލް ދަނޑު ހުޅުވައިދެއްވުމަށް ވަޑައިގެންދެއްވުމަށް ރަށުގެ ޒުވާނުން ދެއްވި ދައުވަތަށް އިޖާބަދެއްވައި އެރަށަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފެންވަރު ރަނގަޅު ޓަރފަކާއެކު މަންދޫގައި ސަރުކާރުން ތަރައްޤީކުރެއްވި ފުޓްސަލް ދަނޑު ހުޅުވައިދެއްވައި، ދަނޑު ހުޅުވުމުގެ ގޮތުން ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ބައިވެރިވެވަޑައިގެންފައެވެ. މިއަދު ހަވީރު ކުރިއަށްދިޔަ މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މެޗުގައި ރައީސުލްޖުމްހޫރިއްޔާގެ ޓީމާއި ދެކޮޅަށް ކުޅުނީ މަންދޫ ރައްޔިތުންގެ ޓީމެކެވެ. ފޯރިއާއެކު ކުރިއަށްދިޔަ މި ފުޓްސަލް މެޗު 6 – 2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރައީސުލްޖުމްހޫރިއްޔާގެ ޓީމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުން ހުށަހަޅާ ކަންކަން ބައްލަވައި, އެކަންތައްތަކަށް އެންމެ އެދެވޭ ހައްލެއް މި ސަރުކާރުން ގެންނާނެ: ރައީސްޚަބަރު | 7 ގަޑިއިރު ކުރިން ގެއްލުމުން އަރައިގަންނަން 7 ބިލިއަން ޑޮލަރު ބޭނުންވާނެ، އެންމެ ބޮޑު އަދަދެއްގެ އެހީއެއްވި ގައުމަކަށް ރާއްޖެޚަބަރު | 12 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާ މިރޭ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ!ޚަބަރު | 21 ގަޑިއިރު ކުރިންދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 16 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 2 ދުވަސް ކުރިން