logo
MPL

MPL

ޚަބަރު

ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުމާމެދު ގޮތް ނިންމުމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް ދޭން އިސްލާހެއް

ޢައްފާން މުޙައްމަދު
16 ނޮވެމްބަރު 2025 - 04:47
ޕާޓީން ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުމާމެދު ގޮތް ނިންމުމުގެ ބާރު ދާއިރާގެ ރައްޔިތުންނަށް ދޭން އިސްލާހެއް

ސިޔާސީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭގޮތަށް ޤާނޫނުއަސާސީގައި އޮތް މާއްދާ އިސްލާހުކުރުމަށް ހުށަހަޅުއްވައިފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢެވެ. މެންބަރު ޝުޖާއު ހުށަހެޅުއްވީ މަޖިލީހުގެ މެންބަރުން ވަކިވާނެ އިތުރު ހާލަތްތައް ގާނޫނުއަސާސީއަށް އިތުރުކުރުމަށެވެ.

ޤާނޫނުއަސާސީއަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގައި މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އެހެން ޕާޓީއަކަށް ސޮއިކޮށްފިނަމަ ނުވަތަ ސިޔާސީ ޕާޓީން އެ މެންބަރަކު ވަކިކޮށްފިނަމަ މެންބަރުގެ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން މިފަހަރު ހުށަހެޅި އިސްލާހުގައި ވަނީ އެ މާއްދާއަށް ބަދަލު ގެނައުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ގާނޫނުއަސާސީގައި މިހާރު ބަޔާންކޮށްފައިވާ ގޮތުގެ އިތުރުން މަޖިލީހުގެ މެންބަރަކު ވަކިވާނީ އެ މެންބަރަކު އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއްގައި، އެ މެންބަރަކު ވަކިކުރުމަށް ވޯޓުދިން މީހުންގެ އަޣުލަބިއްޔަތު ލިބުމުން ކަމަށް، ޝުޖާއު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

މެންބަރަކު ވަކިކުރުމަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެން ހަދާނެ ގޮތް ވެސް އެ އިސްލާހުގައިވެއެވެ. އެގޮތުން، އެ މެމްބަރަކު ވަކިކުރަން ނުފެންނަ ކަމަށް ރައްޔިތުން ވޯޓުދީފިނަމަ ދެން އެ މެންބަރަކު މަޖިލީހުގެ އުމުރު ކަމަށްވާ ފަސް އަހަރުގެ ބާކީ އުމުރުގައި ހުންނާނީ އަމިއްލަ މެންބަރެއްގެ ގޮތުގައި ކަމަށާއި، އޭގެ ފަހުން ސިޔާސީ ޕާޓީއަކަށް އެ މެންބަރަކު ސޮއިކުރައްވައިފިނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް، ގާނޫނުއަސާސީއަށް ޝުޖާއު އިތުރުކުރައްވަން ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގަނޑުކޮށް ކޮތަޅު ވިއްކާއިރު ނަގާ ފީ ކަނޑާލައި ލުއި ދޭން ފާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިންނޭޝަނަލް ޕޭމަންޓް ސްވިޗް ޤާއިމުކުރަން ފާސްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންޕެޓިޝަން ހުށަހެޅުމުގެ އުސޫލު ބަދަލުކުރަން މެންބަރު މަމްދޫހު އިސްލާހެއް ހުށަހަޅުއްވައިފިޚަބަރު | 20 ގަޑިއިރު ކުރިން ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރަނީޚަބަރު | 21 ގަޑިއިރު ކުރިން