logo
Bank of Maldives

Bank of Maldives

ޚަބަރު

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް

ޢައްފާން މުޙައްމަދު
13 ނޮވެމްބަރު 2025 - 16:35
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެއަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް ޕާކިސްތާނަށް ވަޑައިގެންނެވީ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް ކުރިއަށްގޮސްފައިވަނީ މިމަހުގެ 10 އިން 12 ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން މަޖިލީހުގެ ރައީސް ވަނީ ތަޤުރީރުކުރައްވާފައެވެ. އެމަނިކުފާނުގެ ތަޤުރީރުގައި، ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ކޮންފަރެންސް ބޭއްވުމަށް ޕާކިސްތާނުން އިސްނަގައި ކުރި މަސައްކަތަށް ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި އައި.އެސް.ސީއަކީ ދުނިޔޭގެ އެކި ގޮންޖެހުންތަކާ ގުޅިގެން ޕާލިމެންޓަރީ ފިޔަވަޅު އެޅުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

G5o7gfcaMAALVph.jpeg



ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުالله ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އޮފް ޕާކިސްތާނުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މި އިންތިހާބުން ސާފުވި ކަމަކީ މި ސަރުކާރުން ކުރަމުން އަންނަކަންކަން ރައްޔިތުން ބަލައިގަންނެފިކަން"ޚަބަރު | 5 ގަޑިއިރު ކުރިންކޫލް ސްކޫލް މަޝްރޫޢުގެ ބޮޑުބައި ނިމިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެޚަބަރު | 4 ދުވަސް ކުރިން ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިޚަބަރު | 4 ދުވަސް ކުރިން19 ވަނަ މަޖިލިސް ހިންގާފައި ވަނީ ސަރުކާރެއް ގޮތަށް ކަމަށް ފަލާހު ސިފަ ކުރައްވައިފިޚަބަރު | 4 ދުވަސް ކުރިން