logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްކުރަން ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އެދިވަޑައިގެންފި

ޢައްފާން މުޙައްމަދު
16 ނޮވެމްބަރު 2025 - 09:53
ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްކުރަން ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އެދިވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ސޯޝަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަށް ލުއިގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ބޭންކުގައި އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގެ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރައްވައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ބީ.އެމް.އެލް.އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކާއެކު މަޝްވަރާ ކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 12 އިންސައްތައިން 10 އިންސައްތައަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމުގެ އިތުރުން، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް 9 އިންސައްތައިން 8 އިންސައްތައަށް ކުޑަ ކުރުން، އެއީ ކުރެވިދާނެކަމެއްކަމަށް ބީ.އެމް.އެލް. އިން މަޢުލޫމާތު ދެއްވާފައިވާކަމުގައި ވިދާޅުވިއެވެ.

އަދި މިއާއެކު، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ދަންނަވާފައިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އިޖުތިމާޢީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތީގެ ކުލިތައްވެސް ކުޑަކުރެއްވުމަށް ނިންމަވާފައެވެ.

އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަހު ކުލި ވަނީ، 3330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6300 އިން، 3984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.

ވިނަރެސްގެ ޑައުންޕޭމަންޓާއި، ކުލިވެސް ރައީސް ކުޑަކޮށްދެއްވިއެވެ. އެގޮތުން ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4،200 ރުފިޔާ ކުޑަވާ ގޮތަށް ބަދަލުކޮށްދެއްވިއެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ މަސައްކަތްކުރަން ނެގި ލޯނުތައް ލުއިކޮށްދޭން ރައީސް އެދިވަޑައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންޒުވާނުންގެ އެދުމުގެ މަތިން މަންދޫއަށް ވަޑައިގެން ރައީސް އެ ރަށުގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފިޚަބަރު | ދުވަހެއް ކުރިންމި ސަރުކާރުން ޝަރުޢީ ދާއިރާއަށް ހަގީގީ މިނިވަންކަން ހޯދައިދިނީ އަދުލުވެރިވާނެކަމުގެ އުއްމީދުގައި: ރައީސްޚަބަރު | ދުވަހެއް ކުރިންޕާޓީއަކުން އަމިއްލައަށް ވަކިވި މިއީ ފުރަތަމަ ފަހަރު، އެނބުރި މިއައީ ކުރީގެ ސިޔާސީ ފިކުރުގެ ތެރެއަށް: މަޙްލޫފްޚަބަރު | ދުވަހެއް ކުރިން